މާލެ: 31°C
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޑޭޓާބޭސްއެެއް އެކުލަވާލަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޑޭޓާބޭސްއެެއް އެކުލަވާލަނީ

July 6, 2024
2 ފަހަރު ބަލާފައި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޑޭޓާބޭސްއެެއް އެކުލަވާލަނީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޑޭޓާބޭސްއެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަނގަޅު ޑޭޓާބޭސްއެއް މިހާތަނަށް ހެދިފައިނުވާތީ އެފަދަ ފަރާތްތައް ދެނެގަތުމަށާއި އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމަށް ހުރަސްތަކެއް ހުރި ކަމަށެވެ. އެގޮތުން، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޑޭޓާބޭސްއެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އުންމީދަކީ އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ "ހާލު ކިހިނެއް؟" އަދި "އިބަމަ" ފަދަ ޕްރޮގުރާމާއި އެ ނޫން ވެސް ގުރޫޕުތަކުން ލިބޭ މައުލޫމާތު ޑޭޓާބޭސް ހެދުމަށް ބޭނުން ކުރެވޭނެ ކަމަށެވެ. ރާއްޖޭގައި އެންމެ ފަހުން ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ 24،000 އަށް ވުރެ ގިނަ މީހުން އުޅެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ