މާލެ: 31°C
އީރާނުން އާރައީސަކު އިންތިހާބުކޮށްފި

އީރާނުން އާރައީސަކު އިންތިހާބުކޮށްފި

July 6, 2024
2 ފަހަރު ބަލާފައި
އީރާނުން އާރައީސަކު އިންތިހާބުކޮށްފި
ހަރުކަށި ކޮންޒަވޭޓިވް ސައީދު ޖަލީލީގެ މައްޗަށް ކުރި ހޯދައި، އީރާނުގެ އާ ރައީސް ކަމަށް އިސްލާޙީ ކެންޑިޑޭޓް މަސްއޫދު ޕެޒެޝްކިއަން އިންތިޚާބުކޮށްފިއެވެ. "ސްކައި ނިއުސް" އިން ބުނެފައިވާ ގޮތުގައި، އެޤައުމުގެ ދާޚިލީ ވުޒާރާއިން ވަނީ ޕެޒެޝްކިއަން އިންތިޚާބު ކާމިޔާބުކުރައްވާފައިވާ ކަން ކަށަވަރުކޮށްދީފައެވެ. ސޯޝަލް މީޑިއާގައި ވީޑިއޯތަކުން ފެންނަ ގޮތުގައި ޕެޒެޝްކިއަންގެ ސަޕޯޓަރުން އެ ޤައުމުގެ ސިޓީތަކާއި މަގުތަކުގައި ދަނީ އުފާފާޅުކުރަމުންނެވެ. އީރާނުގެ ރައީސަކު ހޮވުމަށް އިންތިޚާބު ބާއްވާފައި މިވަނީ މިދިޔަ މެއި މަހު ހެލިކޮޕްޓަރު ވެއްޓި، ކުރީގެ ރައީސް އިބްރާހިމް ރައިސީ އަވަހާރަވުމާ ގުޅިގެންނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައި ވަނީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 61 މިލިޔަން މީހުންގެ ތެރެއިން 40 އިންސައްތަ މީހުން ކަން ފާހަގަ ކޮށްލަން ޖެހެއެވެ. މިއީ, އީރާނުގެ 1979ވަނަ އަހަރު އިސްލާމީ އިންޤިލާބަށް ފަހު އެންމެ މަދު ޢަދަދެއްގެ ބަޔަކު ވޯޓުލުމުގައި ބައިވެރިވި ރިޔާސީ އިންތިޚާބެވެ. އަދި, އެއަށް ފަހު އީރާނުގައި ބޭއްވި ރިޔާސީ އިންތިޚާބެއް ދެވަނަ ބުރަކަށް ދިޔަ ދެވަނަ ފަހަރެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ބަޔެއްގެ ތާޢީދު ލިބިވަޑައިގަތީ ބީޛިޝްކިޔާނަށެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 42.5 އިންސައްތައެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރައްވާފައިވާ ޖަލީލީ ވަނީ 38.6 އިންސައްތަ މީހުންގެ ވޯޓު ކާމިޔާބު ކުރައްވާފައެވެ. އީރާނުގެ ރައީސް ކަމުގެ މަޤާމަކީ ރަމްޒީ މަޤާމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. ސަބަބަކީ, ސިޔާސަތުތައް ކަނޑައެޅުމުގެ އެންމެ ފަހުގެ ނިންމުން ނިންމުމުގެ ބާރު ލިބިވަޑައިގަންނަވަނީ އެ ޤައުމުގެ ރޫހީ އެންމެ މަތީ ވެރިޔާއަށެވެ. ނަމަވެސް, އެ މަޤާމަށް ބޭފުޅުން ޢައްޔަން ކުރުމުގައި ރައީސް ކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ ދައުރު އޮވެއެވެ. އީރާނުގެ ރޫޙީ އެންމެ މަތީ ވެރިޔާގެ މަޤާމުގައި މި ވަގުތު ހުންނެވީ 85 އަހަރުގެ އާޔަތުالله ޢަލީ އަލް-ޚާމަންޢީއެވެ. ފަހަކަށް އައިސް އީރާނުގައި ބާއްވާ އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ ޢަދަދު މަދުވަމުންދާ ކަން ފާހަގަ ކުރެވެއެވެ. މި ގޮތުން, 2024ވަނަ އަހަރު ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާފައި ވަނީ, ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން އެންމެ 40 އިންސައްތައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ