
އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓް ހުރީ ބޭނުންނުކުރެވޭ ހާލަތުގައި: އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓް ހުރީ ބޭނުންނުކުރެވޭ ހާލަތުގައި: އެމްއެންޑީއެފް
ލިޔުން:
މިއަދު މެންދުރުގެ ވަގުތެއްގައި އެލްސިއޯން ބޭކަރީ ކައިރީހުރި އިމާރާތެއްގެ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އެޕާޓްމަންޓް ހުރީ ބޭނުންނުކުރެވޭވަރަށް އަލިފާނުގެ އަސަރުކޮށްފައިކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފުލޫނިޔާ މަގުގައި ހުރި އެންޒިއަންގޭގެ ތިންވަނަ ފަންގިފިލާގައެވެ. މި ހާދިސާގައި އެ އެޕާޓްމަންޓުގައި ހުރި ގިނަ އަދަދެއްގެ ހިފާގެންގުޅޭ ތަކެއްޗާއި، ފަރުނީޗަރުފަދަ ތަކެތި ވަނީ އަނދައިގެން ގޮސްފައެވެ. މި ހާދިސާގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ހާދިސާގައި އަސަރުކުރި 4 މީހަކަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.
[caption id="" align="alignnone" width="685"]
އެންޒިއަންގޭގެ ތިންވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން... ފޮޓޯ/ އެމްއެންޑީއެފް[/caption]
[caption id="" align="alignnone" width="686"]
އެންޒިއަންގޭގެ ތިންވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން... ފޮޓޯ/ އެމްއެންޑީއެފް[/caption]
މި ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވާއިރު، ދުމުގެ އަސަރުކޮށްގެން ބައެއް މީހުނަށް އައިޖީއެމްއެޗްގައި ފަރުވާ ދެވުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
