މާލެ: 31°C
ޒުވާނުންގެ އެވޯޑް ދިނުން ފަސްކޮށްފި

ޒުވާނުންގެ އެވޯޑް ދިނުން ފަސްކޮށްފި

July 5, 2024
2 ފަހަރު ބަލާފައި
ޒުވާނުންގެ އެވޯޑް ދިނުން ފަސްކޮށްފި
މިފަހަރުގެ ޒުވާނުންގެ އެވޯޑް ދިނުމަށް ބޭއްވުމަށް ހަމަޖެއްސި ރަސްމީ ޖަލްސާ ފަސްކޮށްފިއެވެ. ޒުވާނުންގެ އެވޯޑް ފަސްކުރުމާ ގުޅޭގޮތުން ޔޫތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މުއްދަތެއް ނެތްގޮތަށް ޖަލްސާ ފަސްކޮށްފައިވާކަމަށެވެ. މި ޖަލްސާ ކުރިން ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޮގަސްޓްމަހުގެ 12 ވަނަ ދުވަހުގެ ރެއެވެ. ޔޫތް މިނިސްޓްރީން ބުނީ ޖަލްސާ ބާއްވާނޭ ތާރީހެއް ފަހުން އިއުލާނުކުރާނޭ ކަމަށެވެ. ޔީތް މިނިސްޓްރީން ޒުވާނުންގެ ޖަލްސާ ފަސްކޮށްފައިމިވަނީ، ސަރުކާރުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމައި، ސިޔާސީ މަގާމުތައް މަދުކުރުމަށް ނިންމައި ބައެއް ކަންކަން ފަސްކުރަމުންދަނިކޮށެވެ. ޒުވާނުންގެ އެވޯޑް ފަސްކުރަން ނިންމިއިރު ސްޕޯޓްސް އެވޯޑް ހަފްލާވެސް ވަނީ ކުއްލިއަކަށް ފަސްކޮށްފައެވެ. ސަރުކާރުން ސްޕޯޓްސް އެވޯޑް ފަސްކޮށްފައިވަނީ އެ އެވޯޑް ހަފްލާ ފެށެން ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. އެވޯޑް ހަފްލާ ފަސްކުރިއިރު، ސްޓޭޖް ހަދައި، ކޭޓަރިންގެ ކަންކަންވެސް ނިންމާފައިވާކަމަށް މިނިވަންއަށް ވަނީ މައުލޫމާތު ލިބިފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ