މާލެ: 31°C
ދެން ވަގު ރަޖިސްޓްރީއެއް ނުހެދޭނެ: ޓްރާންސްޕޯޓް މިނިސްޓަރު

ދެން ވަގު ރަޖިސްޓްރީއެއް ނުހެދޭނެ: ޓްރާންސްޕޯޓް މިނިސްޓަރު

July 4, 2024
2 ފަހަރު ބަލާފައި
ދެން ވަގު ރަޖިސްޓްރީއެއް ނުހެދޭނެ: ޓްރާންސްޕޯޓް މިނިސްޓަރު
ވެހިކަލްތަކުގެ ވަގު ރަޖިސްޓްރީ ހަދަން ކޮށި މަގު ބަންދުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ. ވެލާނާ އެއާޕޯޓްގެ އެމްޑީގެ ކާރު ވަގަށް ނެގި މައްސަލައެއް މި ދޭތެރެއިން ފެންމަތިވި އެވެ. އެ މައްސަލައިގެ ތެރެއިން، ޓްރާންސްޕޯޓު މިނިސްޓްރީގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ހިންގި ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ބޮޑު ސްކޭމެއް ފުލުހުން ވަނީ މިޑިއާއަށް ތިލަކޮށްފަ އެވެ. ފުލުހުން ދީފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ވަގަށް ވެހިކަލް ނެގި ގްރޫޕުން ވަނީ އެކެއްގެ ނަމުގައި 100 ވެހިކަލް ރަޖިސްޓްރީ ކޮށްފަ އެވެ. އަދި ކުރިއަށް އަންނަ އަހަރު އަހަރުތަކުގެ ތާރީހުތައް ޖަހައިގެން ވެހިކަލްތަކެއް ރަޖިސްޓްރީކުރިކަން ފަޅާއަރާފައިވެ އެވެ. އަމީން ވިދާޅުވީ އެ މައްސަލަ ތިލަވި ހިސާބުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން ވެބްސައިޓްގެ ބެކްއެންޑުގެ އެކްސެސްތައް ބައެއް މީހުންގެ އަތުން ނަގާފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ މުވައްޒަފުންނާ މެދު ފިޔަވަޅެއް އެޅިކަމެއް ނުވަތަ ނޫން ކަމެއް އަމީން ވިދާޅެއް ނުވެ އެވެ. "ބެކްއެންޑް އެކްސެސް އާ އެއްޗެހި ސިސްޓަމް އޮތީ ކޮންޓްރޯލް... ބެކްއެންޑް އެކްސެސް ހުރި އެކި މީސްމީހުން އަތުގައި. އެ ހުރިހާ އެއްޗެހިތައް މިހުރީ ކޮންޓްރޯލްކޮށްފަ މި ދައުލަތުގައި އެކަހަލަ ސޮފްޓްވެއާ ނިޒާމުގެ ރެކޯޑްސް ބަލަން ގާއިމުކޮށްފައި އެ ހުރި އެންސީއައިޓީއާއި އެތަންތަނުގެ ދަށުން ކޮންޓްރޯލް ކުރެވޭ ގޮތް ހަދާފަ މި ހުރީ." އަމީން ދެއްވި ޔަގީންކަމަކީ މީގެ ފަހުން ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ގަވައިދާ ހިލާފަށް ކަންކަން ކުރުމުގެ ޖާގަ ނުދެއްވާނެ ކަމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ