
ހަރަދު ކުޑަކުރަން ޓިކެޓް ނަގާ އުސޫލަށް ފިނޭންސުން ބަދަލުގެނެސްފި
ހަރަދު ކުޑަކުރަން ޓިކެޓް ނަގާ އުސޫލަށް ފިނޭންސުން ބަދަލުގެނެސްފި
ލިޔުން:
ދައުލަތުގެ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކުން ވައިގެމަގުން ކުރާ ދަތުރުތަކުގެ ޓިކެޓް ނެގުމުގެ އުސޫލަށް ބަދަލުގެނެސްފިއެވެ.
ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީޤް ސޮއިކުރައްވައި ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، މީގެ ކުރިން ވައިގެ ދަތުރުތައް ކުރުމަށް މޯލްޑިވިއަން ހޮލިޑޭސް މެދުވެރިކޮށް އޮންނަ އުސޫލަށް ބަދަލުގެނެސްފައިވާކަމަށެވެ. ފިނޭންސް މިނިސްޓްރީން 2016 ވަނަ އަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހު ނެރެފައިވާ ސާކިއުލާގައި ހަމަޖައްސާފައިވަނީ ވައިގެ މަގުން ދިވެހިރާއްޖެއާއި ރާއްޖޭން ބޭރުގެ ހުރިހާ މަންޒިލަކަށް ސަރުކާރުން ކުރާ ދަތުރުތައް، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ޓްރެވަލް ޑިވިޝަން ކަމުގައިވާ މޯލްޑިވިއަން ހޮލިޑޭސްއިން ކުރާ ގޮތަށެވެ.
ފިނޭންސް މިނިސްޓްރީން މިފަހަރު ނެރުނު ސާކިއުލާގައި ބުނެފައިވަނީ، ހަމައެކަނި މޯލްޑިވިއަން ހޮލިޑޭސް މެދުވެރިކޮށް ވައިގެ ދަތުރުތަކުގެ ޓިކެޓްތައް ނަގަން އޮންނަ އުސޫލު މާދަމައިން ފެށިގެން އުވާލުމަށް ނިންމާފައިވާކަމަށެވެ.
މިގޮތުން ފިނޭންސްއިން މިފަހަރު ނެރުނު ސާކިއުލާގައި ވަނީ މޯލްޑިވިއަންއިން ދަތުރުކުރާ މަންޒިލުތައް ފިޔަވައި، އެހެނިހެން މަންޒިލުތަކަށް ސަރުކާރުގެ އޮފީސްތަކުން ވައިގެ މަގުން ކުރާ ދަތުރުތަކަށް، ސީދާ އެއާލައިންތަކުގެ އަގުތައް ބެލުމަށް ފަހު، އެންމެ އަގުހެޔޮކޮށް ޓިކެޓު ލިބެން ހުރި އެއާލައިނަކުން، ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ޓިކެޓު ހޯދުމަށް ބުނެފައެވެ.
ވައިގެ ދަތުރުފަތުރުގެ ދާއިރާއަކީ ސަރުކާރުން އެންމެބޮޑު ހަރަދެއްކުރާ އެއް ދާއިރާއެވެ. ހާއްސަ ގޮތެއްގައި ސަރުކާރުގެ ވެރިން ދަތުރު ކުރެއްވުމަށް ކޮންމެ އަހަރެއްގެވެސް ބަޖެޓުން ބޮޑު ބައެއް ހޭދަވެއެވެ. ސަރުކާރުން މިއަހަރުގެ މިހާތަނަށް ވައިގެ ދަތުރުފަތުރުގެ ހަރަދުތަކަށް ކުރި ހޭދަ އުޅެނީ 100 މިލިއަން ރުފިޔާއިން މަތީގައެވެ.
ބައިނަލްއަޤްވާމީ މާލީ ވުޒާރާތަކުން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އިންޒާރުދިނުމާ ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައެވެ. މީގެ ތެރޭގައި ސިޔާސީ މަގާމުތައް މަދުކުރުމާއި، ބައެއް ހަރަކާތްތައް ނުބާއްވާގޮތަށް ނިންމާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
