
މިދިޔަ އަހަރު ފެނަކައަށް ސަބްސިޓީގެ ގޮތުގައި އިތުރަށް 26 ޕަސެންޓް ދައުލަތުގެ ބަޖެޓުން ދޫކޮށްފައިވޭ!
މިދިޔަ އަހަރު ފެނަކައަށް ސަބްސިޓީގެ ގޮތުގައި އިތުރަށް 26 ޕަސެންޓް ދައުލަތުގެ ބަޖެޓުން ދޫކޮށްފައިވޭ!
ލިޔުން:
މިދިޔަ އަހަރު ފެނަކަ ކުންފުންޏަށް ސަބްސިޑީގެ ގޮތުގައި ދައުލަތުގެ ބެޖެޓުން ދޭން ކަނޑައަޅާފައިވާ ވަރަށްވުރެ 26 އިންސައްތަ އިތުރަށް ދީފައިވާ ކަމަށް މިދިޔަ އަހަރުގެ ބަޖެޓް ރިވިއު އޮޑިޓޫން ދައްކައިފިއެވެ.
އޮޑިޓާރ ޖެެނަރަލް އޮފީހުން އާންމުކޮށްފައިވާ ދިވެހިރާއްޖޭގެ 2023 ވަނަ އަހަރުގެ ބަޖެޓުގެ ބޭނުންކޮށްފައިވާ ގޮތުގެ އޮޑިޓު ރިޕޯޓުގައި ވާގޮތުން 2023 ވަނަ އަހަރު ކަރަންޓު ސަބްސިޑީގެ ގޮތުގައި ކަނޑައެޅިފައިވަނީ 763 މިލިއަން ރުފިޔާކަމަށެވެ. އެހެންނަމަވެސް ފުރަތަމަ ނުވަ މަހުގެ ތެރޭގައި 962 މިލިއަން ހަރަދުވިކަމަށް މައުލޫމާތުތަކުން ދައްކާކަމަށާއި މިއީ ފާސްކޮށްފައިވާ ބަޖެޓަށްވުރެ 26 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް ބުނެފައިވެއެވެ.
އިސްލާހުކޮށްފައިވާ ބަޖެޓުގެ 1150 މިލިއަން ކަރަންޓު ސަބްސިޑީ ގެ ގޮތުގައި ހަރަދުވެގެންދާނެކަމަށް ބަޔާންކޮށްފައިވާކަމަށް ފާހަގަކޮށް އޮޑިޓަރ ޖެނަރަލްވަނީ އެއީ ފާސްކޮށްފައިވާ ބަޖެޓަށްވުރެ 51 އިންސައްތަ މަތީ އަދަދެއްކަމަށް އަލިއަޅުވާފައެވެ. އަދި 2023 ވަނަ އަހަރުގެ ފުރަތަމަ 9 މަހުގައި ސަބްސިޑީގެ ގޮތުގައި ދީފައިވާ ޖުމުލަ އަދަދުން 87 އިންސައްތަ ދީފައިވަނީ ފެނަކަ ކުންފުންޏަށްކަންވެސް މައުލޫމާތުތަކުން ހާމަވެގެންދާކަމަށް ބުނެފައިވެއެވެ.
ރިޕޯޓުގައިވާގޮތުން ފެނަކަ ކުންފުންޏަށް ދޭ ސަބްސިޑީގެ ބޭނުން ހިފަނީ މައިގަނޑު ގޮތެއްގައި އެ ކުންފުނީގެ އޮޕަރޭޝަނަލް ހަރަދުތައް ކުރުމަށްކަމަށް ރާއްޖޭގެ 2023 އިން 2025 ވަނަ އަހަރަށް އެކުލަވާލާފައިވާ ފިސްކަލް ސްޓްރެޓަޖީގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ފެނަކަ ކުންފުނީގެ ސަބަބުން ބަޖެޓަށް ބުރަވެގެންދާ މިންވަރު ދަށްކުރަންޖެހޭ ކަމަށް ގަބޫލުކުރެވޭކަމަށްވުމުން ސަބްސިޑީ ދޭ މިންގަނޑުތައް ދަށްކުރުމަށްވެސް މީޑިއަމް ޓާމް ފިސްކަލް ސްޓްރެޓަޖީގައި ވާއިރު 600 މިލިއަންގައި ހިފެހެއްޓުމަށް ލަފާދީފައިވާކަންވެސް އޮޑިޓުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
