މާލެ: 31°C
މަސްތުވުމުން ސަލާމަތްވުމަށް އިތުރު ފަސް ފަރުވާއެއް ތަޢާރަފްކުރަނީ

މަސްތުވުމުން ސަލާމަތްވުމަށް އިތުރު ފަސް ފަރުވާއެއް ތަޢާރަފްކުރަނީ

July 4, 2024
2 ފަހަރު ބަލާފައި
މަސްތުވުމުން ސަލާމަތްވުމަށް އިތުރު ފަސް ފަރުވާއެއް ތަޢާރަފްކުރަނީ
މަސްތުވާތަކެތީގެ އިތުރު ފަސް ފަރުވާއެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގަ އެ ފަރުވާ ފެށިގެން ދާނެ ކަމަށް، ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ޗެއާމަން ލުބްނާ ޒާހިރު ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތީގެ ފަރުވާ ދިނުމުގައި ލާޒިމްވެފައިވާ ކަންތައްތަކާއި ފަރުވާއިން ރަނގަޅުކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން  ވަނީ އެކި އިދާރާތަކާއެކު މަޝްވަރާ ކޮށްފައެވެ. އެގޮތުން އެންޑީއޭގެ ފުރަތަމަ ބޯޑު ބައްދަލުވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެންޑީއޭގެ ބޯޑުގެ ޗެއާމަން ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވީ އެ ޖަލްސާއަށް 10 މެމްބަރުންވެސް ވަޑައިގެންނެވި ކަމަށެވެ.

އެ ބައްދަލުވުމުގައި އެންޑީއޭގެ ޕާފޯމަންސް އިވެލުއޭޝަނެއްގެ ގޮތުން މެނޭޖްމަންޓް އޮޑިޓް ކުރުމުގެ މަސައްކަތް ބޯޑުން ކުރިއަށްގެންދިޔަ ކަމަށް ލުބުނާ ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށް އެންމެ އެކށީގެންވާ ގޮތަށް މަސައްކަތްކޮށްފައި ނުވުމުގެ ސަބަބުން އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ބޯޑުގެ ހުރިހާ މެމްބަރުން އިއްތިފާގުވާތީ ކޮންމެ މެމްބަރަކަށް ވެސް ވަކި ޚާއްސަ ޓާސްކްތަކެއް ނަގާފައިވާ ކަމަށް ލުބްނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެންޑީއޭގެ ބޯޑު ބައްދަލުވުން ހާފްތާއަކު އެއް ދުވަހު ބާއްވަން ނިންމަވާފައިވާ ކަމަށާއި ބޯޑުގެ ގަވާއިދު އިސްލާހު ކުރުމަށް މިހާރު ބޯޑުގެ ހުރިހާ މެމްބަރުން އިއްތިފާގު ވެވަޑައިގެންފައިވާ ކަމަށެވެ.

ލުބްނާ ފާހަގަކުރެއްވި ގޮތުގައި ޑްރަގު ސަޕްލައި މަދު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ. އަދި ބޯޑުގެ މެންބަރުންގެ މެދުގައި މަސްތުވާތަކެތީގެ އިތުރު ފަސް ފަރުވާއެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގަ އެ ފަރުވާ ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެގެ އެ ބައްދަލުވުމުގައި ސިވިލް ސޮސައިޓީގެ ފަރާތުން ޖާނީގެ މެންބަރު އަހުމަދު އަބްދުއްސައްތާރު ވިދާޅުވެފައިވަނީ އެންޑީއޭއަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށް ވުރެ ނުކުރެވޭ މަސައްކަތްތައް ގިނަ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ