މާލެ: 31°C
މިހާރު މަޖިލިސް ހިނގަނީ ރައީސް ޑރ.މުއިއްޒުގެ އޯޑަރަށް: މައުރޫފް

މިހާރު މަޖިލިސް ހިނގަނީ ރައީސް ޑރ.މުއިއްޒުގެ އޯޑަރަށް: މައުރޫފް

July 3, 2024
2 ފަހަރު ބަލާފައި
މިހާރު މަޖިލިސް ހިނގަނީ ރައީސް ޑރ.މުއިއްޒުގެ އޯޑަރަށް: މައުރޫފް
ރައްޔިތުންގެ މަޖިލީސް މިހާރު ހިނގަމުންދަނީ ސީދާ ރައީސް ޑރ.މުއިއްޒުގެ އޯޑަރަށް ކަމަށާއި، މަޖިލީހުގެ މެމްބަރުންނަށް އެމަނިކުފާނު ނުފޫޒު ފޯރުވަމުން ގެންދަވާކަމަށް އެމްޑީޕީ ޕީޖީ ގްރޫޕްގެ މެމްބަރު ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، މިހާރު މަޖިލީސް ހިނގަމުންދާ ގޮތަށާއި ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ފަރާތުން އިވޭ އަޑުތަކަށް ބަލާއިރު، މަޖިލީހުގައި ރައީސް ޑރ.މުއިއްޒުގެ ނުފޫޒު އޮތްވަރު ސާފްވާ ކަމަށެވެ. މަޖިލީޙުގައި މެމްބަރުން ވާހަކަދެއްކުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ހުޝާމަދުކުރުމާއި، ރައީސް އޮފީހުން ފޮނުވާ އެއްޗެހި ނޫން އެހެން އެއްޗެހި މެމްބަރުންނަށް މަޖިލީހުގެ ތަޅުމުގައި ނުކިޔޭކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. އަދި ސަރުކާރަށް ނިސްބަތްވާ މެމްބަރުން އިދިކޮޅު ފަރާތްތަކަށް ދެމުންގެންދާ އިންޒާރުތައް ބަލައި ނުގަނެވޭނޭ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. " އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ގަބޫލުކުރެވޭ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމުގެ މަތިންނޭ އެ އިންޒާރުތައް މަޖިލީހުގައި ދެމުންއެދަނީ" މައުރޫފް ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފް ވަނީ ސަރުކާރުގެ އަމަލުތައް ހުރިގޮތުން ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. މިގޮތުން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ވާހަކަތައް ދެއްކިނަމަވެސް އަމަލުން އެކަން ނުފެންނަ ކަމަށާއި، ބަދަލުގައި އަދިވެސް ފެންނަމުންދަނީ ހަރަދުތައް އިތުރުވަމުންދާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މެންބަރު މިކާއީލް އަހްމަދު ނަސީމް ވިދާޅުވީ، ސަރުކާރުގެ ކަންކަން މިހާރު މިއޮތްގޮތުން ހާލަތާ މަތިކޮށް އަސާސީ ކަންކަން ސަސްޕެންޑުކުރުމުގެ ބިރު އެބައޮތް ކަމަށާއި، މިގޮތުން ރައްޔިތުން މަޖިލީހުގެ ތެރެއިން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމުގެ ބިރު އެބައޮތްކަމަށެވެ. ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އެޅުވުމުގައި ސަރުކާރުން ކުރަން ނިންމި ކަންކަމަށް ތާއީދު ކުރާ ކަމަށާއި، ނަމަވެސް ސަރުކާރުގެ އަމަލުތައް ި ފެންނަނީ ދިމާ އިދިކޮޅަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ