
ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނަށް 19.1 މިލިއަން ރުފިޔާ ލިބުނު: ޒީނާ
ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނަށް 19.1 މިލިއަން ރުފިޔާ ލިބުނު: ޒީނާ
ލިޔުން:
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް "ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ކުރިއަށްގެންދިޔަ ޓެލެތޯނަށް 19.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.
ފަލަސްތީނަށް އެހީވުމަށް ދައުލަތުގެ މީޑިއާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޓެލެތޯނުން ލިބުނު ފައިސާ ހާރިޖިއްޔާ އާ ހަވާލުކުރުމުގެ ގޮތުން ޕީއެސްއެމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނު ވަރަށް ކާމިޔާބު ކަމަށެވެ. މި ޓެލެތޯނަށް ދިވެހި ފައިސާއިން 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބުނުއިރު، ބޭރުފައިސާއިން 37 ހާހަށްވުރެ ގިނަ ޑޮލަރު ވަނީ ލިބިފައެވެ.
ޒީނާ ވިދާޅުވީ މުޅި ޓެލެތޯނަށް 19.1 މިލިއަން ރުފިޔާ ލިބުނުއިރު، މި ފައިސާ ފަލަސްތީނު ރައްޔިތުންނާ ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާނީ ދިވެހި ހާރިޖިއްޔާ މެދުވެރިކޮށް، މާލީ ވުޒާރާ އާއި މަރުކަޒީ ބޭންކުގެ ބެލުމުގެ ދަށުން ކަމަށެވެ. "ވަރަށް ހަމަ ވަރަށް އުފާވޭ މިހާ ކުރު މުއްދަތެއްގެ ތެރޭގައި މުޅި ދިވެހި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް" ޒީނާ ވިދާޅުވިއެވެ.
ޕީއެސްއެމުން ވަނީ މި ރަސްމިއްޔާތުގައި ޓެލެތޯނުން ލިބުނު ފައިސާ ހާރިޖީ ވަޒީރު، މޫސާ ޒަމީރު އާ ހަވާލުކުރައްވާފައެވެ. ޓެލެތޯނުގެ ކަންކަން ޕީއެސްއެމުން ކުރިއަށް ގެންގޮސްފައިވަނީ، އޮޑިޓް ފާމެއް ކަމަށްވާ ޕްރޯ މޯލްޑިވްސްގެ ބެލުމުގެ ދަށުންނެވެ.
ފަލަސްތީނު ފަންޑަށް ލިބުނު ފައިސާ ސަރުކާރުން ހަވާލުކުރުމަށް ހަމަޖެހިފައިވަނީ، ދިވެހި ޚާރިޖީ ވުޒާރާ މެދުވެރިކޮށް ފަލަސްޠީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް "އަންރުވާ" މެދުވެރިކޮށެވެ.
މިދިޔަ ޖޫންމަހުގެ 13 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޓެލެތޯނުގައި ދިވެހި މީޑިއާތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުންނާއި އަމިއްލަ ކުންފުނިތަކުން ވަރަށްބޮޑު އެހީތެރިކަމެއް ދީފައިވާކަމަށް ޓެލެތޯން އިންތިޒާމްކުރި ދައުލަތުގެ މީޑިއާއިން ބުނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
