މާލެ: 31°C
އެންސްޕާގެ އޮފީހެއް އައްޑޫގައި ހުޅުވަން ތައްޔާރުވަނީ

އެންސްޕާގެ އޮފީހެއް އައްޑޫގައި ހުޅުވަން ތައްޔާރުވަނީ

July 3, 2024
3 ފަހަރު ބަލާފައި
އެންސްޕާގެ އޮފީހެއް އައްޑޫގައި ހުޅުވަން ތައްޔާރުވަނީ
އެންސްޕާގެ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ހީނާ ވިދާޅުވީ އައްޑޫއަކީ ފުދޭވަރެއްގެ ބޮޑު އާބާދީއެއް އޮތް ސިޓީއެއް ކަމަށް އެންސްޕާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ގާތްގަނޑަކަށް ހާހަކާ ގާތްކުރާ އަދަދަކަށް އައްޑޫން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ. ހީނާ ވިދާޅުވެފައި ވަނީ އެންސްޕާއިން އައްޑޫ ސިޓީ ކައުންސިލް އިދާރާ އާއި އެ ސިޓީގައި ތިބި ސްޓޭކް ހޯލްޑާސް އާއެކު ބައްދަލުވުންތައް ބާއްވަމުންދާ ކަމަށެވެ. އެ ބައްދަލުވުންތަކުގައި މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ހީނާ ފާހަގަކުރެއްވި އެވެ. ހީނާ ވިދާޅުވި ގޮތުގައި އެ އޮފީހުގެ ސަބަބުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ތިބި އެންސްޕާއިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މައުލޫމާތުތައް އަޕްޑޭޓް ކުރުމާއި އެފަދަ ފަރާތްތަކަށް ޒިޔާރަތް ކުރުމަށް ފަސޭހަވާނެ ކަމުގަ އެވެ. އެންސްޕާގެ އޮފީހެއް ހެދުމުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިިތުރުން ސިންގަލް ޕޭރެންޓް ޕްރޮގްރާމާއި ކާބޯތަކެތީގެ އެހީ ދޭ ފަރާތްތަކާ އަދި އެންސްޕާއިން ހިންގާ ޕްރޮގްރާމުތަކުގައި ހިމެނޭ ފަރާތްތަކުގެ ކަންތައްތައް ހަރުދަނާ ކުރުމަށް ފަސޭހަވާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ