
ހެލްތު ޗެކަޕް ހެދުމުގެ ޕްރޮގްރާމަށް އުއްމީދުކުރިވަރުގެ ތަރުހީބެއް ނުލިބޭ: ހީނާ
ހެލްތު ޗެކަޕް ހެދުމުގެ ޕްރޮގްރާމަށް އުއްމީދުކުރިވަރުގެ ތަރުހީބެއް ނުލިބޭ: ހީނާ
ލިޔުން:
އާސަންދައިގެ ދަށުން ސަރުކާރުން ތައާރަފްކޮށްފައިވާ ހިލޭ ހެލްތު ޗެކަޕް ހެދުމުގެ ޕްރޮގްރާމަށް އުއްމީދުކުރިވަރުގެ ތަރުހީބެއް ލިބެމުން ނުދާކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ ހިލޭ މެޑިކަލް ޗެކަޕް ހަދައިދިނުމުގެ ޕްރޮގްރާމަށް އުއްމީދުކުރިވަރުގެ ތަރުހީބެއް ލިބެމުން ނުދާކަމަށެވެ. އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕްގެ ހިދުމަތް ސަރުކާރުން ތައާރަފްކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުއެވެ.
ސަރުކާރުން މި ހިދުމަތް އެންމެ ފުރަތަމަ ތައާރަފްކޮށްފައިވަނީ 50 އަހަރުން މަތީގެ މީހުންނަށެވެ. އޭގެފަހުން އޭޕްރިލްމަހު ވަނީ އުމުރުން 35 އަހަރާއި 49 އަހަރުގެ މީހުންނަށް ހިލޭ ހެލްތު ޗެކަޕް ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އާސަންދަ މެދުވެރިކޮށް ހިލޭ ހެލްތު ޗެކަޕް ހެދުމުގެ ފުރުސަތު ދިނުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިންގެ ތެރޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތައް ދުރާލައި ދެނެގަތުމަށްޓަކައެވެ.
އިތުރު ތަފްސީލް އަންނަނީ...
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
