މާލެ: 31°C
އުދާހާއި ޝުއޫރު ހާމަކުރާ ތަނަކަށް މަޖިލިސް ނުހެއްދެވުން އެދެން: ޢަބްދުއްރަހީމް

އުދާހާއި ޝުއޫރު ހާމަކުރާ ތަނަކަށް މަޖިލިސް ނުހެއްދެވުން އެދެން: ޢަބްދުއްރަހީމް

July 2, 2024
2 ފަހަރު ބަލާފައި
އުދާހާއި ޝުއޫރު ހާމަކުރާ ތަނަކަށް މަޖިލިސް ނުހެއްދެވުން އެދެން: ޢަބްދުއްރަހީމް
އުދާހާއި ޝުއޫރު ހާމަކުރާ ތަނަކަށް މަޖިލިސް ނުހެއްދެވުމަށް އެދިވަޑައިގަންވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. "އެ ބިލު ކުރިމަތީގައި ބާއްވައިގެން އެއްވެސް ވަރަކަށް އެ ބިލުގެ ނަން ވެސް ބޭނުން ނުކޮށް އެ ބޭފުޅެއް ހިތްޕުޅުގައިވާ އުދާހާއި ޝުއޫރު ހާމަ ކުރާތަނަކަށް ރައްޔިތުންގެ މަޖިލިސް ނުހެއްދެވުން އެދެން،" ހުށަހެޅިފައިވާ މައްސަލައާ ނުގުޅޭ ވާހަކަތައް ގިނަ މެމްބަރުން ދައްކަވާތީ އެކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ. "ހުރިހާ އިއްޒަތްތެރި މެންބަރު ވެސް މަޖިލިސް ތަޅުމުގައި ބަހުސް ކުރައްވާއިރު, ކުރިމަތީގައި އޮތް ބިލަށް ބަހުސްކޮށްދެއްވުން އެދުން." ރައްޔިތުންގެ މަޖިލީހުގެ އެދުވަހެއްގެ އެޖެންޑާއާ އެއްގޮތަށް މަސައްކަތްކޮށް މަޖިލީހަކީ އިލްމީ އަދި އުފެއްދުންތެރި ތަނަކަށް ހެދުމަށް ހުރިހާ މެންބަރުން ވެސް މަސައްކަތްކޮށްދެއްވުމަށް މަޖިލީހުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ. މިއަދުގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގަރާރަކީ މަޖިލިސް މެންބަރުގެ އަދަދު އިތުރުވަމުންދާތީ އެކަމާމެދު މެންބަރުން ދެކޭ ގޮތެއް ހޯދުމަށް ހުށަހެޅިފައިވާ ގަރާރެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ