- ޝަރިއަތުގެ ކުރިން ބަންދުކުރުމަކީ ހަމައެކަނި ހާއްސަ ފިޔަވަޅެއްގެ ގޮތުގައި ބޭނުންކުރާ ކަމެއްކަން ކަށަވަރު ކުރުމާއި އެކު ބަންދުގެ ބަދަލުގައި އެޅިދާނެ ފިޔަވަޅުތައް؛ މިސާލަކަށް ޝަރުތު ހަމަވާ ގޮތަށް ދޫކުރުން، ކަފާލާތުގެ ދަށުން ދޫކުރުމާއި ރިޕޯޓްކުރުން ހިމެނޭ ގޮތަށް ބޭނުންކުރުން އިސްކުރުމަށް މިހާރު އަމަލުކުރަމުންދާ އޫސޫލުތައް އިސްލާހުކުރުން
- ނަފްސާނީ ބަލިތަކާއި މަސްތުވާތަކެތީގެ ސަބަބުން ދިމާވާ ބަލިތައް ތަހައްމަލުކުރާ ފަރާތްތައް ޖަލުގައި ބަންދު ކުރުން މަދުކުރުމަށާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހަމަހަމަ ކަން ގެއްލިދާނެ ފަދަ ކަންކަން މަދުކުރުމަށް ސިއްހީ ނިޒާމަށް އިތުރަށް އިންވެސްޓް ކުރުން
- ޖަލުގައި ތިބޭ ފަރާތްތަކާއި މެދު އަމަލުކުރާ ގޮތް މޮނިޓާ ކުރުމަށް އޯވަސައިޒް މެކޭނިޒަމްތައް ހަރުދަނާކޮށް މިހާރުން މިހާރަށް ރަނގަޅުކުރަން ޖެހޭ ކަންކަން ދެނެގަނެ އެއިސްލާހުތައް ގެނައުމަށް މަސައްކަތްކުރުން

މަޖުބޫރީ ހާލަތެއްގައި މެނުވީ ޝަރީއަތް ނިމެންދެން ބަންދު ނުކުރުމަށް ގޮވާލައިފި
މަޖުބޫރީ ހާލަތެއްގައި މެނުވީ ޝަރީއަތް ނިމެންދެން ބަންދު ނުކުރުމަށް ގޮވާލައިފި
ލިޔުން:
ޝަރިއަތުން ހުކުމް ކުރުމުގެ ކުރިން ބަންދުކުރުމަކީ ހަމައެކަނި ހާއްސަ ފިޔަވަޅެއްގެ ގޮތުގައި ބޭނުންކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.
އެ ޖަމިއްޔާއިން އެހެން ގޮވާލީ ދާދި ފަހުން ޖަލުގައި ހުއްޓައި ށ. ފުނަދޫ ޒަމާނީ ވިލާ މުހައްމަދު ޖަމީލް (45އ) ނިޔާވުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ވަނީ އެފަދަ މަރުގެ މައްސަލަތައް ވީ އެންމެ އަވަސް ފުރުސަތެއްގައި ތަހުގީގުކުރަން ގޮވާލާފަ އެވެ.
އެ ބަޔާނުގައި ބުނީ، ރާއްޖޭގެ ޖަލުތަކުގެ ހިންގުން ހާމަކަން އިތުރުކޮށް، ޖަވާބުދާރީވުން ކަށަވަރުކުރުމަށްޓަކައި އެފަދަ މަރުގެ މައްސަލަތައް ވީ އެންމެ އަވަސް ފުރުސަތެއްގައި ފުރިހަމައަށް ތަހުގީގުކުރަން ޖެހޭ ކަމަށެވެ.
އަދި ޖަލުތަކުގައި ހުރި ނިޒާމީ ގޮތުން ފުރިހަމަނުވާ ކަންތައްތަކާއި އުނި ކަންތައްތައް ދެނެގަނެ އެފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ދެމެހެއްޓެނިވި އިސްލާހީ ބަދަލުތައް ގެނެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް، ވަކިން ހާއްސަކޮށް އެންމެ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ލިބެން ޖެހޭ ރަައްކާތެރިކަމާއި އެފަރާތްތަކުގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުރުމަށާއި ކަށަވަރުކުރެވޭ ފަދަ ގޮތަކަށް އިސްލާހުތައް ގެނައުމަކީ ކޮންމެހެންވެސް މުހިއްމު ކަމެއް ކަމަށެވެ.
އަދި ބަންދުގައި ބައިތިއްބާ ފަރާތްތަކާއި ޖަލުގައި ތިބި ފަރާތްތަކަށް އެއްވެސް ތަފާތުކުރުމެއް ނެތި ސިއްހީފަރުވާ ފޯރުކޮށްދިނުމަކީ އެ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ހައްގެއް ކަމަށެވެ.
" މުހައްމަދު ޖަމީލަކީ ނަފްސާނީ އެހީތެރިކަމާއި ފަރުވާ ބޭނުންވާ ފަރާތެއްކަން ދެނެގަނެވިފައިވާއިރު، އޭނާއަށް އެންމެ ބޮޑަށް ބޭނުންވާ ނަފްސާނީ ސިއްހީ ފަރުވާ ދިނުމުގެ ބަދަލުގައި ޖަލު ހައްޔަރުކުރެވި ބެހެއްޓިފައިވާކަމަކީ މި ޖަމިއްޔާއިން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރާކަމެކެވެ"
އެ މަރާއި ގުޅިގެން އިސްލާހީ ބަދަލުތަކެއް ގެނައުމަށް ޓްރާންސްޕޭރެންސީން ވަނީ ދައުލަތައް ގޮވާލާފައެވެ.
އެއީ؛
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
