
ސިހުރުގެ މައްސަލަ ހުށަހެޅުއްވީ ރައީސެއްނޫން: ތަރުޖަމާނު ހީނާ
ސިހުރުގެ މައްސަލަ ހުށަހެޅުއްވީ ރައީސެއްނޫން: ތަރުޖަމާނު ހީނާ
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް ސިހުރު ހެއްދެވިކަމަށް ބުނާ މައްސަލަ ކަމާބެހޭ މުއައްސަސާއަށް ހުށަހެޅުއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ނޫންކަމަށް އެމަނިކުފާނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މި މައްސަލާގައި ހީނާ ވަނީ މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވާފައެވެ. ހީނާ ވިދާޅުވީ، ސިހުރު މައްސަލާގައި ރައީސުލްޖުމްހޫރިއްޔާގެ އާއިލާއާ ގުޅުވައިގެން މީޑިއާގައި ފަތުރަމުންރަމުންދަނީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއް ކަމަށެވެ. މިގޮތުން ހ.މެލްބަން، ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް އާއި އިތުރު 2 މީހަކު ބައިވެރިވެގެން ސިހުރު ހަދާކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ތަޙްޤީޤްކުރާ މައްސަލައާއި އެނޫންވެސް މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ރައީސްގެ އާއިލާއިން ފުލުހުންގެ އިދާރާއަށް ހުށަހަޅާފަ ނުވާކަމަށް ހީނާ ވިދާޅުވިއެވެ.
މި މައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލް އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ޝިފާން ވެސް އެކްސްގައި ވަނީ ސިހުރުގެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރައީސްގެ ފަރާތްޕުޅުން ނޫންކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތުމަތު ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ސަނާ ސަލީމްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 7 ދުވަސް ޖަހާފައެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. ބަންދުގެ މުއްދަތު ހަމަވާތީ ކުރިމިނަލް ކޯޓުން މިއަދު ވަނީ އެމީހުން ކޯޓަށް ހާޒިރުކޮށް، ބަންދުގެ މުއްދަތަށް އިތުރު 7 ދުވަސް ޖަހައިދީފައެވެ. ރައީސަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް ވަނީ މަޤާމުން ސަސްޕެންޑުވެސް ކޮށްފައެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
