
މާލިއްޔަތު ކޮމިޓީން ނިންމީ، ގަވަރުނަރުކަމުން އަލީ ހާޝިމް، ވަކިކުރަން
މާލިއްޔަތު ކޮމިޓީން ނިންމީ، ގަވަރުނަރުކަމުން އަލީ ހާޝިމް، ވަކިކުރަން
ލިޔުން:
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަޤާމުން އަލީ ހާޝިމް ވަކިކުރުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.
އެމްއެމްއޭގެ ގަވަރުނަރު މަޤާމުން ވަކިކުރުމަށް، ރައްޔިތުން މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲއަށް ލަފާދޭ، މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. މާލިއްޔަތު ކޮމީޓިން މިއަދު ބޭއްވި ބައްދަލުވުމުގައި، އެންމެ މެމްބަރަކު ފިޔަވައި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން ވަނީ އަލީ ހާޝިމް މަޤާމުން ވަކިކުރުމަށް ތާއީދުކުރައްވާފައެވެެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ މެމްބަރު ވިދާޅުވީ ގަވަރުނަރު މަޤާމުން ވަކިކުރުމަށް ނިންމީ އޭނާ މަޤާމުގެ ޒިންމާ އަދާނުކުރައްވާތީކަމަށް ފެންނާތީ ކަމަށެވެ. މިގޮތުން އެމްއެމްއޭގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޒިއްމާތައް ގަވަރުނަރުގެ ހައިސިއްޔަތުން އަދާކުރެވިފައިނެތްއިރު، މަނިޓަރީ ޕޮލިސީވެސް އެކަށީގެންވާ ގޮތެއްގައި ހިންގެވިފައިނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.
މިދިޔަ ފަސްއަހަރުދުވަހު މަރުކަޒީބޭންކުގެ ސިޔާސަތުތައް ހުރިގޮތުން ބޭންކުތަކުން އާއްމުނަށް ދޫކުރާ ލޯނުގެ އަދަދު ވަރަށްބޮޑަށް މަދުވެފައިވާކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދުގައި ދައުރުވަމުން އަންނަ ފައިސާގެ އަދަދުވެސް ވަރަށްބޮޑަށް ދަށަށްގޮސްފައިވާކަމަށެވެ.
މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝީމް މަޤާމުން ވަކުކުރުމުގެ ކުރިން އެކަން މަޖިލީހުގެ ތަޅުމުގައި އިއްވަވައި، ގަވަރުނަރަށް ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުހުލަތެއް ދޭންޖެހެއެވެ. ގަވަރުނަރު އަލީ ހާޝިމް މިވަގުތު ހުންނެވީ ޗުއްޓީގައެވެ.
ގަވަރުނަރުކަމަށް އަލީ ހާޝިމް އައްޔަނުކުރައްވާފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އަލީ ހާޝިމް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި މާލީ ވަޒީރުކަންވެސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
