މާލެ: 31°C
ކުށް ކުރާ ކުދިންނަށް ފަރުވާ ދޭ "ހޯޕް އައިލެންޑް" މަރުކަޒު ގާއިމްކުރަން ނިންމައިފި

ކުށް ކުރާ ކުދިންނަށް ފަރުވާ ދޭ "ހޯޕް އައިލެންޑް" މަރުކަޒު ގާއިމްކުރަން ނިންމައިފި

July 1, 2024
2 ފަހަރު ބަލާފައި
ކުށް ކުރާ ކުދިންނަށް ފަރުވާ ދޭ "ހޯޕް އައިލެންޑް" މަރުކަޒު ގާއިމްކުރަން ނިންމައިފި
ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަރުކަޒެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ކުށްކުރާ ކުޑަކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، އެކުދިން "ހޯޕް އައިލެންޑް" ގެ ނަމުގައި ހާއްސަ ކުރާ ރަށެއްގައި ރިހިބިލިޓޭޓު ކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ރޭވުން ސޯޝަލް ކައުންސިލުން ވަނީ ފާސްކޮށްފައެވެ. ރައީޯސް މިގޮތަށް ނިންމަވާފައިވަނީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދާހިލީ ސަލާމާތައި ހިދުމަތްތަކާއި ބެހޭ ވުޒާރާައިން ހުށަހެޅުއްވި މި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ. އެގޮތުން، މި ކަރުދާހުގައި ހުށަހަޅާފައިވާގޮތަށް ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށް ޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ބަޔާންކުރާ "ލޯންގް ޓާރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީ" މީހުން ދިރިނޫޅޭ ވަކި ރަށެއްގައި (ކުރިން މީހުން ދިރިއުޅެފައި، އުމްރާނީ ތަރައްގީގެ ކަންކަން ހަމަޖެހިފައިވާ ރަށެއްގައި) ގާއިމުކުރުމަށް ނިންމަވާފައިވާކަން ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން، އެފަދަ މަރުކަޒެއްގައި ހުންނާނެ ފެސިލިޓީތަކާއި މަރުކަޒުގައި ހިންގާނެ ޕްރޮގްރާމުތަކުގެ ތަފުސީލުތައް ވެސް އެ ކަރުދާހުގައި ހިމަނާފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ