މާލެ: 31°C
150 ފުޅި ބަނގުރަލާއެކު ހުޅުމާލޭން ދެ މީހަކު ހައްޔަރުކޮށްފި

150 ފުޅި ބަނގުރަލާއެކު ހުޅުމާލޭން ދެ މީހަކު ހައްޔަރުކޮށްފި

July 1, 2024
3 ފަހަރު ބަލާފައި
150 ފުޅި ބަނގުރަލާއެކު ހުޅުމާލޭން ދެ މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ރާ ފުޅިތަކަކާއި ފައިސާތަކަކާއެކު ހުޅުމާލެއިން ރޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ތަރުޖަމާނު އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަނގުރާ ފުޅިތަކުގެ ފޮޓޯ ހިއްސާކުރައްވާފައެވެ. ޝިފާން ވިދާޅުވީ ބަނގުރާ ކަމަށް ޝައްކުކުރެވޭ 150 ފުޅިއާއި ގިނަ އަދަދެއްގެ ފައިސާއާއެކު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ އެއްވެސް ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ހޯދާފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން އަތުލައިގަތް ފުޅިތަކަކީ "ތާޒާ" އަދި "ބޮނަކުއާ" ގެ 500 އެމްއެލްގެ ފުޅީފައި ބަންދުކޮށްފައި ހުރި ބަނގުރަލެވެ. މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ބަނގުރާކަމަށް ޝައްކުކުރެވޭ ގިނަ ފުޅިތަކެއް ހޯދާފައިވާއިރު، މަސްތުވާތަކެއްޗާއި ދެކޮޅަށް ހޯމް މިނިސްޓްރީގން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ