މާލެ: 31°C
ހުޅަނގުން ޔޫކްރޭނާ ބައިވެރިވެ ރަޝިޔާ ބަލިކުރަން ޕޮލެންޑްއެދޭ

ހުޅަނގުން ޔޫކްރޭނާ ބައިވެރިވެ ރަޝިޔާ ބަލިކުރަން ޕޮލެންޑްއެދޭ

July 1, 2024
2 ފަހަރު ބަލާފައި
ހުޅަނގުން ޔޫކްރޭނާ ބައިވެރިވެ ރަޝިޔާ ބަލިކުރަން ޕޮލެންޑްއެދޭ
ހުޅަނގުގެ ގައުމުތަކުން ނުހުއްޓުވައިފި ހާލަތެއްގައި ޔޫކްރެއިން ހަނގުރާމަ ރަޝިއާއިން ކާމިޔާބުކުރާނެކަމަށް ޕޮލަންޑުގެ ހާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.
ރިޕޯޓުތަކުގައިވާގޮތުން ޕޮލަންޑުގެ ހާރިޖީ ވަޒީރު ރެޑިސްލައު ސިކޯރްސްކީ ވަނީ އަދިވެސް ޔޫކްރެއިންއަށް ރަޝިއާގެ މައްޗަށް ހަނގުރާމައިގައި ކުރި ހޯދިދާނެކަަން ޔަގީންވެވަޑައިގަންނަވާކަމަށް ސިފަކުރައްވާފައެވެ. އަދި އޭނާވަނީ ރަޝިއާއަކީ ބަަލި ނުކުރެވޭނެ ގައުމެއް ނޫންކަމަށް ވިދާޅުވެފައިކަމަށާއި ނުހުއްޓުވައިފި ހާލަތެއްގައި ރަޝިއާގެ ރައީސް ޕުޓިން މި ހަނގުރާމަ ކާމިޔާބުކުރައްވާނެކަމަށް ވިދާޅުވިކަމަށް ރިޕޯޓުތަކުގައިވާއިރު ހުޅަނގުގެ ގައުމުތަކަށް ނުކުމެ ރަޝިއާ ހުއްޓުވޭނެކަމާއިމެދު ޝައްކެއްވެސް ނެތްކަން ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، ގަބޫލުކުރަން ދަތި ޕްރޮޕަގެންޑާ އާއި ހިލާފަށް ރަޝިއާއަކީ ބަލި ކުރެވޭނެ ގައުމެއްކަމަށާއި އެ ގައުމަށް މީގެ ކުރިންވެސް ހަނގުރާމައިގައި ބަލިވެފައިވާނެކަމަށް އަލިއެޅުއްވިއެވެ. އޭނާ ވިދާޅުވީ، ހުއްޓުވޭނެކަމަށާއި ބަލި ކުރެވޭނެކަމަށެވެ. އެހެންނަމަވެސް ދުނިޔެއިންވަނީ އެ ކަންކަމުގެ މަތިން ހަނދާން ނައްތާލާފައިކަމަށެވެ.

އޭނާ ވަނީ ރަޝިއާގެ މައްޗަށް ކުރި ހޯދުމުގައި މި ހަނގުރާމަ އިތުރަށް ފުޅާކުރުމުގައި ވިސްނުންތެރި ފިޔަވަޅުތަކެއް އަޅަމުންދިއުން ބޮޑު ރޯލެއް އަދާކުރާކަމަށް ގަބޫލުކުރާކަންވެސް މީޑިއާތަކަށް ހާމަކޮށްފައެވެ. އެގޮތުން ރަޝިއާގެ 300 ބިލިއަން ޔޫރޯގެ މުދާ އަތުލެވިދާނެކަމަށާއި ޕުޓިން އެ ފައިސާ އަނބުރާ ލިބޭނެކަމަށް ނުދެކޭމަށެވެ.

އޭނާ ވިދާޅުވީ، ސޮވިއެޓް ޔުނިއަންގެ ވެއްޓިގެންދިޔަ ގޮތާއިމެދު ޕުޓިން ހިތްހަމަޖެހިވަދައިނުގަންނަވާކަމަށްވުމުން ބޭނުންވަނީ އަލުން ހުޅަނގުގެ ގައުމުތަކާއި ހަނގުރާމައަށް ދިއުމަަށްކަމަށާއި ގައުމުތަކުގެ ޒިންމާއަކީ ހަނގުރާމަ އިތުރަށް ފުޅާވިޔަ ނުދިނުން ނަމަވެސް މޮޅުވުމަކީވެސް ޒިންމާއެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ގުޅިފައިވާ ޑިމޮކްރެޓިކް ގައުމުތަކެއް އެއްބައިވެގެން އެކަން ހާސިލުކުރެވިދާނެކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ