މާލެ: 31°C
ހައްޖުން އަންނަ މީހުން ބަލާ ވީހާވެސް މަދު މީހުން އެއާޕޯޓަށްދިއުމަށް އިލްތިމާސްކޮށްފި

ހައްޖުން އަންނަ މީހުން ބަލާ ވީހާވެސް މަދު މީހުން އެއާޕޯޓަށްދިއުމަށް އިލްތިމާސްކޮށްފި

June 30, 2024
3 ފަހަރު ބަލާފައި
ހައްޖުން އަންނަ މީހުން ބަލާ ވީހާވެސް މަދު މީހުން އެއާޕޯޓަށްދިއުމަށް އިލްތިމާސްކޮށްފި
ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އަނބުރާ މާލެއަންނަ މީހުން ބަލާ އެއާޕޯޓަށް ވީހާވެސް މަދުބަޔަކު ދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން ބުނީ ހައްޖުން އަންނަ ފަރާތްތައް ބަލާ ދިއުމުގައި ވީހާވެސް މަދުބަޔަކު އެއާޕޯޓަށް ދިއުމަކީ މިހާރުގެ ހާލަތަށް ބަލާއިރު، އެޅޭނޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އެޗްޕީއޭއިން ވަނީ ހައްޖުން އަންނަ ފަރާތްތަކުން އަމަލުތައް ބަހައްޓާނޭ ގޮތުގެ އުސޫލްތަކެއް އާއްމުކޮށްފައެވެ. މިގޮތުން އެއާޕޯޓް، ޓެކްސީ، ބަސް އަދި ފެރީގެ ތެރޭގައި އެންމެން މާސްކު އެޅުމާއި، ރޯގާޖެހި، ހުންއައިސް،ކެއްސާ އަދި ކިނބިހި އަޅާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ހާލަތެއްގައި ތަނަކަށް ދާނަމަވެސް މާސްކުއެޅުމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ރޯގާގެ އަލާމާޓެއް ހުރިނަމަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ހައިރިސްކް ފަރާތްތަކާ ގައިދުރުކަން ބަހައްޓަންޖެހޭކަން އިލްތިމާސްކޮށް އެޗްޕީއޭއިން ބުނީ، އެއްވެސް އަލާމާތެއް ހުރެ ގިނަދުވަސްވާނަމަ، ނުވަތަ ބޮޑުވަރުވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާހޯދަން ޖެހޭނެ ކަމަށެވެ. ހައްޖުހގެ އަޅުކަމަށްފަހު މިހާތަނަށް ދެ ގްރޫޕަކު ރާއްޖެ އައިސްފައިވާއިރު، މާދަމާގެ އިތުރުން މިހަފްތާގެ ބްރާސްފަތި ދުވަހުވެސް ހައްޖުވެރިން މާލެ އަންނާނެއެވެ. ހައްޖުވެރިން ރާއްޖެ އަންނަން ފަށާފައިވާއިރު، ގައިންގަޔަށްއަރާ ނުރައްކާތެރި ބައްޔެއްކަމަށްވާ މެނިންގޮކޯކަލް ބަލި ރާއްޖެއިން ވަނީ ފެނިފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ