
ތުރުކީން ގެނައި ފުށް، ރޮށިފިހެގެން ކެވުނުއިރުވެސް ނޭނގުނު
ތުރުކީން ގެނައި ފުށް، ރޮށިފިހެގެން ކެވުނުއިރުވެސް ނޭނގުނު
ލިޔުން:
ކާޑުގެ ބާވަތްތަކަށް ރާއްޖެ ގެނައުމަށް އެއް ޤައުމަކަށް ގޮސް ހުސްވެފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށްފަހު، ޑރ.މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ޤައުމަކީ ތުރުކީވިލާތެވެ.
ރައީސް ޑރ.މުއިއްޒު ތުރުކީއަށް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ ކަމާބެހޭ އިދާރާއިން ވަނީ ތުރުކީން ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެނައުމުގެ އެއްބަސްވުމުގައި އެޤައުމާއެކު ސޮއިކޮށްފައެވެ. މިކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވެފައިވަނީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށް ގެނައުމަށްޓަކައި ތުރުކީއާ އެކު އެއްބަސްވެފައިވާކަމަށެވެ. އަދި އެއްބަސްވުމުގައިވާ ގޮތުގެމަތިން ތުރުކީވިލާތުން ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރަމުންދާނޭކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސްގެ އެވާހަކަތަކާ ވިއްދައި، އިދިކޮޅު ފަރާތްތަކުން ވަނީ ނިމިގެންދިޔަ ރަމަޟާންމަހު ސަރުކާރުން ގޭބިސީތަކަށް ކާޑުގެ ބާވަތްތައް ބެހިއިރު ވަރަށްބޮޑަށް ފާޑުކިޔާފައެވެ. ސަބަބަކީ ތުރުކީން ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެންނާނޭކަމަށް ސަރުކާރުން ބުނެފައިވަނިކޮށް އަވައްޓެރި ޤައުމުތަކުން ކާޑު އެތެރެކޮށް ބަހުމުންނެވެ.
އޭގެފަހުން އެކި ފަހަރުމަތިން ތުރުކީން ގެނައުމަށް ނިންމި ކާޑާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ޖޯކު ޖަހައި ވާހަކަަދައްކާފައިވާއިރު، އެންމެފަހުން، އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ތުރުކީން ގެނައުމަށް ނިންމި ކާޑު މިހާރު އަތުވެއްޖެތޯ ސުވާލުކުރައްވާފައެވެ.
ވައްޑޭގެ އެ ސުވާލަށް ޖަވާބުދެއްވަމުން ސަރުކާރާއި ރައްޔިތުން ހިއްސާވާ އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވަނީ ތުރުކީވިލާތުން ކާޑު ގެންނަމުންދާކަމަށް ވިދާޅުވެފައެވެ. މިގޮތުން އެންމެފަހުން ގެނައި ފުށުގެ ޝިޕްމަންޓް މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ރާއްޖެ ގެނެސް ވިއްކާފައިވާކަމަށްވެސް ޝާހް ވަނީ ވިދާޅުވިއެވެ.
މިނިވަން ނޫހާ ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ، އެސްޓީއޯއިން ކާޑުގެ ބާވަތްތައް ގެނާއިރު، ތުރުކީވިލާތުން 20,008 ބަސްތާ ފުށް ގެނެސްފައިވާކަމަށެވެ.
"ތުރުކީން ގެނައި ފުށް މިހާރު ހުންނާނީ ކެވިފައި" ޝާހު ވިދާޅުވިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ކާޑުގެ ބާވަތްތައް ރާއްޖެއަށް އެއް ޤައުމުކުން އެތެރެކުރުމަށް އޮންނަ އޮތުން ނިމުމަކަށް ގެނައުމެވެ. އާއްމު ގޮތެއްގައި އަވައްޓެރި ޤައުމުތަކުން ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެތެރެކުރާއިރު، އެންމެ ގިނައިން ކާޑުގެ ބާވަތްތައް އެތެރެކުރަނީ އިންޑިއާ އިންނެވެ. ރާއްޖެއަށް މީގެކުރިން ކާޑުގެ ބާވަތްތައް ޔޫރަޕުންވެސް އެތެރެކުރެއެވެ. މިގޮތުން މީގެ ކުރިން ފުށާއި ހަކުރު ޔޫރަޕުން އެތެރެކުރިއިރު، ބަރުމާއިން ހަނޑޫ އެތެރެކުރިކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
