
ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ރިޔާސީ ގަނޑުވަރުުން މަހަކު 50،000ރުފިޔާއެއް ނުުދޭ: ހީނާ
ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ރިޔާސީ ގަނޑުވަރުުން މަހަކު 50،000ރުފިޔާއެއް ނުުދޭ: ހީނާ
ލިޔުން:
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް މަހަކު 50،000 ރުފިޔާ ދޭ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
މުލީއާގެ އިން މަހަކު 50،000 ރުފިޔާ ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ދޭ ކަމަށް ތުހުމަތު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.
"އަޅުގަނޑުމެން އަޑުއަހަން ކޮންމެ މެންބަރަކަށް މުލިއާގެއިން 50،000ރ. ދޭ ކަމަށް. އެހެންވީމަ، އޭގައި ޖެހިފައި ތިބި ނަމަ، އެބޭފުޅުން ދެން އެވާހަކަ ދައްކާނެ ކަމެއް ނެތް، ތިމަންނަމެންނަށް ފުރުސަތު ނެތް ވާހަކަ،" މިދިޔަ ބުދަ ދުވަހު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވިއެވެ.
ނަމަވެސް އެކަން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދޮގު ކުރެއްވިއެވެ. ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000 ރުފިޔާ ދޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
