ރައީސްގެ އެ ސިޔާސަތަށް އެމްއޭސީއެލްފަދަ ބޮޑެތި ކުންފުނިތަކުން ފޮލޯކުރުމަކީ ވަރަށް މުހިއްމުކަމެއް. އެމްއޭސީއެލްއަކީ ވަރަށް ތަފާތު ޑައިވާސް މަސައްކަތްތަކެއް ކުރާ ކުންފުންޏެއް. މިފަދަ ކުންފުނިތަކުން ހަރަދު ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ފިޔަވަޅު ކާމިޔާބުވުމަށް ވަރަށް މުހިއްމު ކަމެއްއެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވިއެވެ. އެމްއޭސީއެލްއަކީ 4،000 ހަށްވުރެ ގިނަ މުއައްޒަފުން ވަޒީފާ އަދާކުރަމުން އަންނަ ކުންފުންޏެކެވެ. އެމްއޭސީއެލްއަކީ ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކުގެ ތެރެއިން މުއައްޒަފުންނާއި، ހަރު މުދަލަށް ބެލިއަސް އެންމެ ބޮޑު އެއް ކުންފުންނެވެ. ޝަރީފް ވިދާޅުވީ، އެކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް މިހާރު ކުރެވެން ހުރި މަސައްކަތުންވެސް 10 އިންސައްތަ އާއި 20 އިންސައްތައާ ދެމެދުގެ އަދަދަކަށް ކުންފުނީގެ ހަރަދުތައް ކުޑަކުރެވޭނޭ ކަމަށެވެ. މިގޮތުން އެމްއޭސީއެލުން ކަރަންޓް ބޭނުންކުރުމަށް މިހާރު ބޭނުންކުރަމުންދާ ޖަނަރޭޓަރު ސެޓްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، ކުރިއަށްއޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އައު ޖަނަރޭޓަރުސެޓްތައް ބޭނުންކުރަން ފެށުމުން މިހާރު ޑީސަލަށް ކުރަމުން އަންނަ ހަރަދުތަކުން 20 އިންސައްތަ ދަށްވެގެންދާނޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން މުއައްޒަފުން ތަމްރީނުކުރުމުގެ ކަންކަން މިވަގުތަށް ބޭރަށް ފޮނުވުމުގެ ބަދަލުގައި އޮންލައިނުކޮށް ކުރިއަށް ގެންދިއުމާއި، ކުންފުނިން ބާއްވާ އިވެންޓްތަކަށް ކުރާ ހޭދަވެސް ކުޑަކުރުމަށް ނިންމާފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެމްއޭސީއެލުން ހަރަދުކުޑަކުރުމަށް ފިޔަވަޅުތަކެއް
އެމްއޭސީއެލުން ހަރަދުކުޑަކުރުމަށް ފިޔަވަޅުތަކެއް
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމަށް ނިންމާފައިވާ ނިންމުމަށް އެއްބާރުލުން ދިނުމުގެ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، (އެމްއޭސީއެލް) އިންވެސް އެކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް ނިންމައިފިއެވެ.
މިކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ހަރަދުކުޑަކުރެއްވުމަށް ރައީސް ކަނޑައެޅުއްވި ސިޔާސަތުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެކުންފުނީގެ އެކި ދާއިރާތަކުން ހަރަދު ކުޑަކުރުމަށް މިހާރު ނިންމާފައިވާކަމަށެވެ. މިގޮތުން އެމްއޭސީއެލްގެ ހަރަދުތައް ޖުމްލަ 10 ދާއިރާއަކުން ކުޑަކުރާނޭކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭގެ ތެރެގައި ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލަށް ކުރާ ޚަރަދާއި، ދަތުރުފަތުރަށް ކުރާހަރަދުތަކާއި، ފެނާއި ކަރަންޓާއި، ކުންފުނީގެ އެތެރޭގައި ކުރާ ޚަރަދުގެ އިތުރުންވެސް އިތުރު ދާއިރާތައް ހިމެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
