
ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ސަރުކާރުން މަޖިލީހަށް ހުށައަޅައިފި
ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ސަރުކާރުން މަޖިލީހަށް ހުށައަޅައިފި
ލިޔުން:
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ހުށައަޅައިފިއެވެ.
ރާއްޖޭގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަމުގެ އިންޒާރުތައް އެކި ފަރާތްތަކުން ދެމުންދާއިރު، ސަރުކާރުންވަނީ ދިވެހިރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. ސަރުކާރުގެ ފަރާތުން މަޖިލީހުގެ ތަޅުމަށް ދަރަންޏާ ގުޅޭ ބިލު ހުށައެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހުއެވެ.
މި ބިލުގެ މަގުސަދަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ހޯދުމަށްޓަކައި ދަރަނީގެ ހިރާސްތަކަށް ރިއާޔަތްކުރެވިގެން ހަރަދު ކުޑަވާނެ ގޮތަށް އެކަން ކުރެވޭނެ ފަދައިން އެތެރެއިންނާއި ބޭރުން ދައުލަތުގެ ނަމުގައި ދަރަނި ނެގުމަށް ސަރުކާރު ބާރުވެރިކުރުންކަމަށް ބުނެފައިވެއެވެ.
ބިލު ހުށައެޅުމުގެ މަގުސަދުތަކުގެ ތެރޭގައި ދަރަނީ ނަގަނީ އިގްތިސާދާއި މުސްތަގުބަލުގައި ގައުމާއި ހަވާލުވާނެ ޖީލުތަކަށް އެކަމުން ކުރާނެ އަސަރުތައް ވަޒަންކުރެވިގެންކަން ކަށަވަރުކުރުން ހިމެނޭކަމަށާއި އެކަން ކުރެވެނީ ދެމެހެއްޓިނިވި އުސޫލުތަކެއްގެ މަތިންކަން ޔަގީންކުރުންވެސް ހިމެނޭކަމަށެވެ.
މި ބިލުގެ ދަށުން ދަރަނި ބެލެހެއްޓުމަށް އަހަރީ ޕްލޭނެ އެކުލަވާލުމަށް ކަނޑައެޅިފައިވާއިރު، ކުރިއަަށް އޮތް އަހަރުގެ ތެރޭގައި އެ މަސައްކަތްތަކަށް ހާއްސަ އޮފީހެއްވެސް ގާއިމުކުރުމަށް ހިމަނާފައިވެއެވެ. މި އޮފީސް ހިންގާނީ ފިނޭންސް މިނިސްޓްރީގެ ދަށުން ވަކި އިދާރާއެއްގެ ގޮތުގައި ކަމަށް ބިލުގައި ބުނެފައިވާއިރު، އެތަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޖިލީހަށް ޖަވާބުދާރީ ވާނީ މިނިސްޓަރުކަމަށްވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް

ހއ ދިއްދޫގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
