މާލެ: 31°C
ޖަލުގައި މަރުުވާ ހުރިހާ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ

ޖަލުގައި މަރުުވާ ހުރިހާ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ

June 29, 2024
2 ފަހަރު ބަލާފައި
ޖަލުގައި މަރުުވާ ހުރިހާ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓުމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ. މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުންނަމަ ގައިދީއެއްގެ ޕޯސްޓުމޯޓަމް ހަދަނީ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރުމުން އިތުރަށް ބެލުމަށް ނުވަތަ އާއިލާއިން އެދިގެންނެވެ. އިއްޔެ ޖަލުގައި ނިޔާވި މުހައްމަދު ޖަމީލު (45އ) ގެ މަރާ ގުޅޭ ގޮތުން އިސްކަންދަރު ބިލްޑިން ގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ މަރާއި ގުޅިގެން މިއަދުން ފެށިގެން ޖަލުގައި މަރުވާ ގައިދީންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަނީ ޕޯސްޓުމޯޓަމް ހެދުމަށް ފަހު ކަމަށެވެ. "މީގެ ފަހުން ނިޔާވާ އެއްވެސް ގައިދީއަކު އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ދޫކުރާނީ ފުރިހަމަ ޕޯސްޓުމޯޓަމް ހެދުމަށް ފަހު، އާއިލާއާ ހިސާބަށް އަޅުގަނޑުމެން ހަށިގަނޑު ހަވާލުކުރާނީ ޕޯސްޓުމޯޓަމް ހަދައި އެކަމުގެ ރިޕޯޓްތައް އަޅުގަނޑުމެންނަށް ލިބި މުއައްސާތަކުން ފުރިހަމައަށް ޖަވާބުދާރީވޭވެ ފެންވަރަށް ތައްޔާރުވެގެން" އިހުސާން ވިދާޅުވި އެވެ. ޝައްކުވާ ކަންތައްތަކެއް ހުރުމުން ޖަމީލުގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހެދުމަށް ހޯމް މިނިސްޓަރު އެންގެވި އެވެ. އެހެން ނަމަވެސް އާދޭސްކޮށްގެން ވެސް އާއިލާއިން އެގޮތް ބޭނުންނުވި ކަމަށް އިހުސާން ވިދާޅުވި އެވެ. އެހެންވެ ފަތިސް ނަމާދަށް ފަހު ހުޅުމާލޭ ސަހަރާގައި ޖަމީލުގެ ހަށިގަނޑު ވަނީ ވަޅުލާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ