މާލެ: 31°C
ކަމާބެހޭ އިދާރާތަކުން ވިދާޅުވަނީ ޖަމީލު ނިޔާވީ ގުދުރަތީ މަރަކުން ކަމަށް، އަނިޔާކޮށްފައި ނުވާނެ ކަމަށް

ކަމާބެހޭ އިދާރާތަކުން ވިދާޅުވަނީ ޖަމީލު ނިޔާވީ ގުދުރަތީ މަރަކުން ކަމަށް، އަނިޔާކޮށްފައި ނުވާނެ ކަމަށް

June 29, 2024
2 ފަހަރު ބަލާފައި
ކަމާބެހޭ އިދާރާތަކުން ވިދާޅުވަނީ ޖަމީލު ނިޔާވީ ގުދުރަތީ މަރަކުން ކަމަށް، އަނިޔާކޮށްފައި ނުވާނެ ކަމަށް
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި މާފުށީ ޖަލުގައި ހުރި މީހާ ނިޔާވެެގެން އޭނާގެ ޖަނާޒާވެސް ބާއްވާފައިވަނިކޮށް އޭނާއަށް ޖަލުގައި އަނިޔާކޮށްފައިވާކަމުގެ ތުހުމަތުތައް ސަރުކާރުގެ އިދާރާތަކުން މިއަދު ދޮގުކޮށްފިއެވެ. ޒަހަމްތަކަކާއެކުު ނިޔާވެފައިވަނީ ށ. ފުނަދޫ ޒަމާނީ ވިލާ މުހައްމަދު ޖަމީލް ނަމަކަށް ކިޔާ އުމުރުން 45 އަހަރުގެ މީހެކެވެ. ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން ކަރެކްޝަންސްއިން ބާއްވަމުން ގެންދަވާ ނޫސް ކޮންފަރެންސެއްގައި ތިން އިދާރާއިންވެސް ވިދާޅުވީ، ގައިދީއަށް ގަސްތުގައި އެއްވެސް އަނިޔާއެއްކޮށްފައި ނުވާ ކަމަށެވެ. ފުލުހުން ވިދާޅުވީ އޭނާގެ ހަށިގަނޑުން ފެންނަ އަނިޔާ ކަމަށް ބެލެވޭ ނިޝާންތަކަކީ ބޮޑީ ޑިސްކޮލެރޭޝަން ކަމަށެވެ. އެބޭފުޅުން ވިދާޅުވީ އޭނާއަކީ ނަފްސާނީ ބަލިމީހަކަށްވާތީ ވަކި ގޮޅިއެއްގައި ބަލަހައްޓައިގެން ފަރުވާވެސް ދެމުން ގެންދިޔަކަމަށެވެ. އެހެންނަމަވެސް، ސީސީޓީވީ ކެމެރާ އަޅާފައި ވާއިރު، ފަސްގަޑިއެއްހާއިރު ސަޖިދައިގައި މީހަކު އޮތީ ކީއްވެތޯ ކަރެކްޝަންސްއިން ބަލާފައި ނުވަނީ އާންމު އުސޫލުގައި އެކަން އެގޮތަށްކުރަން ނެތުމުން ކަމަށްވެސް ކަރެކްޝަންސްއިން ވިދާޅުވިއެވެ. މި މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނުންވެސް ގެންދަވަނީ މިހާރު ތަހުގީގު ކުރައްވަމުންނެވެ. އާއިލާއާއި ޖަމީލުއާ ގާތް މީހުންނާ ހަވާލާދީ މީޑިއާގައި ދައުރު ކުރަމުން ގެންދާ ފޮޓޯތަކަށް ބަލާއިރު އޭނާގެ ހަށިިގަނޑުގެ އެކި ތަންތަނުގައި ޒަހަމްތައް ފެންނަން އެބަހުއްޓެވެ. އަދި މުޅި ހަށިގަނޑުގެ ހަންގަނޑު ނޫފާގަނެ، ފާރުވާ ގޮތްވެފައި ވަނީ އޭނާ ޖަލުގައި ބެލެހެއްޓުމުގައި އިހްމާލުވެފައިވާތީ ކަމަށްވެސް އެމީހުން ތުހުމަތުކުރެއެވެ. "މިއީ ވަރަށް ބޮޑު އިހުމާލެއް. ސާފުކޮށް ފެންނާން އޮތް އަނިޔާއެއް. ކޮންމެ ބަޔަކު ކުރިއަސް އަނިޔާވާނީ އަނިޔާއަށް،" އޭނާގެ ހަށިގަނޑުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ސެއާކުރި މީހަކު ބުނެގައިވެއެވެ. ޝަރީއަތް ނިމެންދެން ބަންދުުގައި ބޭތިއްބުން ނިމުމަކަށް ގެނައުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. ކަރެކްޝަންސް އިން ބުނީ އޭނާ ޖަލު ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ވަނީ ސީޕީއާރް ދީފައިވާ ކަމަށެވެ. މިނިވަންއަށް އެނގިފައިވާ ގޮތުގައި ޖަލު ބަލަހައްޓާ މީހުން ޖަމީލު ގޮޅިން ނެރުނުއިރުވެސް އޮޮތީ މަރުވެފައެވެ. އެމީހާގެ މަރާ ގުޅިގެން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް އެމީހާގެ އާއިލާގެ ހުއްދަ ހޯދުމަށް ފުލުހުންނަށް އަންގާފައި ވާނެ ކަމަށެވެ. އެމީހާ މަރުވީ ނަމާދު ކުރަން ހުއްޓައެވެ. މަރުވިއިރު އޮތީ ސަޖިދައިގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނިޔާވި ޖަމީލުގެ ހަށިގަނޑު ފަޅައިގެން އިތުރު ތަހުލީލު ކުރުމަށް އާއިލާއިން ބޭނުން ނުވުމުން، އޭނާގެ ޖަނާޒާގެ ކަންކަން މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އޭނާގެ މޫނު ދެކިލުމަށް މިނިސްޓަރު ސަރަހަރާއަށް ޒިޔާރަތްކޮށް އާއިިލާއާ ވެސް ބައްދަލުކުރެއްވިއެވެ. އެތަނުގައި ޖަމީލުގެ ހަށިގަނޑުގައި ހުރި ޒަހަމްތަކާއި ހަންގަނޑަށް ވެފައިވާ ގޮތުގެ ވާހަކަތައް ފެންމަތިކުރުމުން މިނިސްޓަރު އެކްސްގައި އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ  އެމީހާ ހުރި ޖަލު ގޮޅީގެ ސީސީޓީވީ ފުޓޭޖު ކަމާބެހޭ އިދާރާތަކާއި ހިއްސާ ކުރެވޭނެ ކަމަށާއި އެކަންކަން ރަނގަޅަށް ތަހުގީގުކުރައްވާނެ ކަމަށެވެ. [caption id="attachment_104811" align="alignnone" width="500"] ހޯމް މިނިސްޓަރު އިހުސާން..[/caption] ޖަލުގައި ނިޔާވި މީހާއަށް ޖަލުގައި އަނިޔާކޮށްފައިވާކަމަށް ކުރެވޭ ތުުހުމަތާ ގުޅިގެން ރަސްމީ އިދާރާތަކުން އަދި ބަހެއް ނުބުނެއެވެ. ޖަލު އަނިޔާއަކީ ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ އާދައެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ