މާލެ: 31°C
ވަޒީރެއްގެ ކާރު އާންމު އުނދަގުލަކަށް ވާގޮތަށް ހުޅުމާލޭގައި ޕާކުކުރިި މައްސަލައެއް

ވަޒީރެއްގެ ކާރު އާންމު އުނދަގުލަކަށް ވާގޮތަށް ހުޅުމާލޭގައި ޕާކުކުރިި މައްސަލައެއް

June 29, 2024
2 ފަހަރު ބަލާފައި
ވަޒީރެއްގެ ކާރު އާންމު އުނދަގުލަކަށް ވާގޮތަށް ހުޅުމާލޭގައި ޕާކުކުރިި މައްސަލައެއް
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރެއްގެ ކާރުކޮޅު ހުޅުމާލޭގައި އާންމު އުނދަގުލަކަށްވާ ގޮތަށް ޕާކުކޮށްފައި ބޭއްވި މައްސަލައެއްގައި އާންމުންގެ ޝަކުވާ ބޮޑުވެއްޖެއެވެ. ހުޅުމާލޭގެ 99 ވަނަ ފްލެޓާއި 101 ވަނަ ފްލެޓާ ދެމެދުު އޮންނަ ހުސް ޖާގައަށް ނުވެދެވޭ ގޮތަށް ވަޒީރު ބޭފުޅާގެ ކާރު ބާއްވާފައި އޮތީ ގޯޅިއަަށް ވަދެ ނިކުމެ އުޅުމަށް އުނދަގޫވާ ގޮތަށް ހުރަހަށެވެ. މި މައްސަލަ ބޮޑުވެފައިވަނީ ބަލި މީހަކުބަލާ ދިޔަ އެމްބިއުލާންސަށް އެ ގޯޅި ތެރެއަށް ނުވަދެވުމުންނެވެ. އެހިސާބުގައި ދިރިއުޅޭ އާންމުން ބުނީ އާންމުނަށް ދަތިނުވާނެ ގޮތަށް ޕާކު ކުރެވޭނެ ޖާގަ އޮއްވައި، ވަޒީރުގެ ކާރު ގޯޅި ހުރަހަށް ޕާކުކޮށްފައި ދެ ދުވަސް ވަންދެން ބޭއްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މާލޭގައި އާންމުންނަށް ދަތިވާ ގޮތަށް ޕާކްކޮށްފައި ހުރި ގިނަ އަދަދެއްގެ ކާރު ފުލުހުން ދާދި ފަހުން ވަނީ ޓޯޯކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ