މާލެ: 31°C
މުއިއްޒުގެ ވާނުވާ އުވާލުމުގެ ވަޢުފު ނުފުއްދެނީސް ޖަލުގައި ނިޔާވި ޖަމީލަށް އަނިޔާކޮށްފައި ވާކަމުގެ ތުހުމަތު!

މުއިއްޒުގެ ވާނުވާ އުވާލުމުގެ ވަޢުފު ނުފުއްދެނީސް ޖަލުގައި ނިޔާވި ޖަމީލަށް އަނިޔާކޮށްފައި ވާކަމުގެ ތުހުމަތު!

June 29, 2024
3 ފަހަރު ބަލާފައި
މުއިއްޒުގެ ވާނުވާ އުވާލުމުގެ ވަޢުފު ނުފުއްދެނީސް ޖަލުގައި ނިޔާވި ޖަމީލަށް އަނިޔާކޮށްފައި ވާކަމުގެ ތުހުމަތު!
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި މާފުށީ ޖަލުގައި ހުރި މީހާ ނިޔާވެެގެން އޭނާގެ ޖަނާޒާވެސް ބާއްވާފައިވަނިކޮށް އޭނާއަށް ޖަލުގައި އަނިޔާކޮށްފައިވާކަމުގެ ތުހުމަތުތަކެއް ފެންމަތިވެެއްޖެއެވެ. އާއިލާއާއި ޖަމީލުއާ ގާތް މީހުންނާ ހަވާލާދީ މީޑިއާގައި ދައުރު ކުރަމުން ގެންދާ ފޮޓޯތަކަށް ބަލާއިރު އޭނާގެ ހަށިިގަނޑުގެ އެކި ތަންތަނުގައި ޒަހަމްތައް ފެންނަން އެބަހުއްޓެވެ. އަދި މުޅި ހަށިގަނޑުގެ ހަންގަނޑު ނޫފާގަނެ، ފާރުވާ ގޮތްވެފައި ވަނީ އޭނާ ޖަލުގައި ބެލެހެއްޓުމުގައި އިހްމާލުވެފައިވާތީ ކަމަށްވެސް އެމީހުން ތުހުމަތުކުރެއެވެ. "މިއީ ވަރަށް ބޮޑު އިހުމާލެއް. ސާފުކޮށް ފެންނާން އޮތް އަނިޔާއެއް. ކޮންމެ ބަޔަކު ކުރިއަސް އަނިޔާވާނީ އަނިޔާއަށް،" އޭނާގެ ހަށިގަނޑުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ސެއާކުރި މީހަކު ބުނެގައިވެއެވެ. ޝަރީއަތް ނިމެންދެން ބަންދުުގައި ބޭތިއްބުން ނިމުމަކަށް ގެނައުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. ޒަހަމްތަކަކާއެކުު ނިޔާވެފައިވަނީ ށ. ފުނަދޫ ޒަމާނީ ވިލާ މުހައްމަދު ޖަމީލް ނަމަކަށް ކިޔާ އުމުރުން 45 އަހަރުގެ މީހެކެވެ. ކަރެކްޝަންސް އިން ބުނީ އޭނާ ޖަލު ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ވަނީ ސީޕީއާރް ދީފައިވާ ކަމަށެވެ. މިނިވަންއަށް އެނގިފައިވާ ގޮތުގައި ޖަލު ބަލަހައްޓާ މީހުން ޖަމީލު ގޮޅިން ނެރުނުއިރުވެސް އޮޮތީ މަރުވެފައެވެ. އެމީހާގެ މަރާ ގުޅިގެން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް އެމީހާގެ އާއިލާގެ ހުއްދަ ހޯދުމަށް ފުލުހުންނަށް އަންގާފައި ވާނެ ކަމަށެވެ. އެމީހާ މަރުވީ ނަމާދު ކުރަން ހުއްޓައެވެ. މަރުވިއިރު އޮތީ ސަޖިދައިގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނިޔާވި ޖަމީލުގެ ހަށިގަނޑު ފަޅައިގެން އިތުރު ތަހުލީލު ކުރުމަށް އާއިލާއިން ބޭނުން ނުވުމުން، އޭނާގެ ޖަނާޒާގެ ކަންކަން މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އޭނާގެ މޫނު ދެކިލުމަށް މިނިސްޓަރު ސަރަހަރާއަށް ޒިޔާރަތްކޮށް އާއިިލާއާ ވެސް ބައްދަލުކުރެއްވިއެވެ. އެތަނުގައި ޖަމީލުގެ ހަށިގަނޑުގައި ހުރި ޒަހަމްތަކާއި ހަންގަނޑަށް ވެފައިވާ ގޮތުގެ ވާހަކަތައް ފެންމަތިކުރުމުން މިނިސްޓަރު އެކްސްގައި އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ  އެމީހާ ހުރި ޖަލު ގޮޅީގެ ސީސީޓީވީ ފުޓޭޖު ކަމާބެހޭ އިދާރާތަކާއި ހިއްސާ ކުރެވޭނެ ކަމަށާއި އެކަންކަން ރަނގަޅަށް ތަހުގީގުކުރައްވާނެ ކަމަށެވެ. ޖަލުގައި ނިޔާވި މީހާއަށް ޖަލުގައި އަނިޔާކޮށްފައިވާކަމަށް ކުރެވޭ ތުުހުމަތާ ގުޅިގެން ރަސްމީ އިދާރާތަކުން އަދި ބަހެއް ނުބުނެއެވެ. ޖަލު އަނިޔާއަކީ ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ އާދައެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ