މާލެ: 31°C
ޖަލަށް ޑްރަގް ވައްދައިގެން ކަރެކްޝަނުގެ 13 އޮފިސަރަކު ހައްޔަރަށް

ޖަލަށް ޑްރަގް ވައްދައިގެން ކަރެކްޝަނުގެ 13 އޮފިސަރަކު ހައްޔަރަށް

June 28, 2024
2 ފަހަރު ބަލާފައި
ޖަލަށް ޑްރަގް ވައްދައިގެން ކަރެކްޝަނުގެ 13 އޮފިސަރަކު ހައްޔަރަށް
ޖަލުތަކުގައި ތިބޭ ޤައިދީންނަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިދީގެން މިހާތަނަށް ކަރެކްޝަނުގެ 13 އޮފިސަރަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ޖަލުގައި ތިބޭ ކުށްވެރިންނަށް ޤާނޫނާއި ހިލާފަށް ތަކެތި ވައްދައިދީގެން ކަރެކްޝަނުގެ މުއައްޒަފުންތަކެއް 73 މިލިއަން ރުފިޔާ ނަގާފައިވާކަން ފުލުހުން ކުރި ތަހުގީގުތަކުން ވަނީ ހާމަވެފައެވެ. ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިދާރާއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ޖަލުތަކަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަނުގެ 18 މުއައްޒަފަކު ހަރަކާތްތެރިވެފައިވާ ކަމަށެވެ. ޖަލުތަކަށް އެއްޗެހި ވެއްދުމުގެ މައްސަލާގައި މީގެ ކުރިން ކަރެކްޝަނަށް ނިސްބަތްވާ 8 އޮފިސަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ޖަލުތަކަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިދިނުމުގެ މައްސަލަތަކުގައި މިހާތަނަށް 13 އޮފިސަރަކު ހައްޔަރުކޮށްފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މާފުށިން ހައްޔަރުކުރި 9 މީހަކާއި، ކ. ކާށިދޫން ހައްޔަރުކުރި ދެ މީހެކެވެ. އިތުރުން ހއ. އުތީމް އަދި މާލެއިން މީހެކެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވީ، މިހާތަނަށް ތަހުގީގުކުރި ކުރުމުން އެކަން ހިންގާފައިވަނީ ކަރެކްޝަނުގައި މަސައްކަތްކުރާ ޖޫނިއާ މުއައްޒަފުންކަން ފާހަގަކުރެވިފައިވާކަމަށެވެ. އެމީހުންގެ ތެރެއިން 6 އޮފިސަރަކު ވަޒީފާއިން ވަކިވެފައިވީނަމަވެސް އެމީހުންގެ މައްސަލަތައް ބަލާނޭކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ