މާލެ: 31°C
އެސްޓީއޯގެ އަހަރީ ޖަލްސާ ޖުލައިމަހުގެ 12 ވަނަ ދުވަހުގެ ރޭ ބާއްވަނީ

އެސްޓީއޯގެ އަހަރީ ޖަލްސާ ޖުލައިމަހުގެ 12 ވަނަ ދުވަހުގެ ރޭ ބާއްވަނީ

June 28, 2024
3 ފަހަރު ބަލާފައި
އެސްޓީއޯގެ އަހަރީ ޖަލްސާ ޖުލައިމަހުގެ 12 ވަނަ ދުވަހުގެ ރޭ ބާއްވަނީ
އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމުޖަލްސާ އަންނަ ޖުލައިމަހުގެ 12 ވާ ހުކުރުދުވަހުގެ ރޭ ބޭއްވުމަށް ތާވަލްކޮށްފިއެވެ. އަހަރީ އާއްމު ޖަލްސާގެ ނޯޓިސްގައި އެސްޓީއޯއިން ބުނީ އެކުންފުނީގެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ޖުލައި 12 ވާ ހުކުރުދުވަހުގެ ރޭ 21:00 ގައި ނީރި ލައުންޖުގައި ކަމަށެވެ. ޖަލްސާ އޮންލައިނުކޮށް، މައިކްރޯސޮފްޓް ޓީމްސް ލައިވް އިވެންޓް މެދުވެރިކޮށް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެސްޓީއޯއިން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ މިހިނގާ ޖޫންމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަމަށެވެ. މި ޖަލްސާގައި ފާއިތުވި އަހަރުގެ ކުންފުނީގެ މާލީ ހިސާބުތައް ފާސްކުރުމާއި ހިއްސާދާރުންނަށް ބެހުމަށް ކަނޑައެޅި ހިއްސާގެ ފައިދާ ބެހުން ފާސްކުރުން އޮންނާނެއެވެ. އެސްޓީއޯގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް ޖެހިފައިވަނީ 80 ރުފިޔާއެވެ. މިދިޔަ އަހަރު ޖެހިފައިވަނީ 77 ރުފިޔާއެވެ. ޓެކްސްއަށް ކެނޑުމަށްފަހު 2023 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ އެކުންފުންނަށް ވަނީ ލިބިފައެވެ. މިއީ އެސްޓީއޯގެ ތާރީހިގައިވެސް ރެކޯޑް އަދަދެކެވެ. އެސްޓީއަށް 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ، އެންމެ 728 މިލިއަން ރުފިޔާއެވެ. މިއާއެކު މިއަހަރު ކުންފުނިން ވަނީ 12 އިންސައްތަ ކުރިއެރުމެއް ހޯދާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ