
ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް ނިންމަވައިފި
ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް ނިންމަވައިފި
ލިޔުން:
ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް ބޮޑެތި ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ނިންމަވައި އެކަން މިރޭ ހާމަކުރައްވައިފިއެވެ.
މިކަން ހާމަ ކުރައްވައި ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށާއި، އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ.
މިގޮތުން ރއީސް ވިދާޅުވީ، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭނެ ކަމަށާއި، އަދި ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް، ފުޅަނދުބުރުތައް ނުބާއްވާގޮތަށް ނިންމައި، ހަމައެކަނި ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން ބާއްވާ ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައި ކަމަށާއި، މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ ކަމަށެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސް ނިންމަވާފައިވާއިރު، ދާދިފަހުން ވަރލްޑް ބޭންކުން ރާއްޖޭގެ އިޤްތިސާދީ ހާލަތާ ގުޅޭގޮތުން ބުނެފައިވަނީ ހަރަދުތައް ކުޑަކުރުން ނޫންގޮތެއް ދެން ރާއްޖެއަކަށް ނެތްކަމަށެވެ. ރާއްޖޭގެ މާލީ ހާލަތަށް ރިޔާއަތްކޮށް ކްރެޑިޓް ރޭޓިން އޭޖެންސީއެއްކަމަށްވާ ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
