
ކަރެކްޝަން މުއައްޒަފުންގެ 73 މިލިއަން ރުފިޔާގެ ރިޝްވަތުގެ ބޮޑު ހިޔާނާތެއް
ކަރެކްޝަން މުއައްޒަފުންގެ 73 މިލިއަން ރުފިޔާގެ ރިޝްވަތުގެ ބޮޑު ހިޔާނާތެއް
ލިޔުން:
ޖަލުގައި ތިބޭ ކުށްވެރިންނަށް ޤާނޫނާއި ހިލާފަށް ތަކެތި ވައްދައިދީގެން ކަރެކްޝަނުގެ މުއައްޒަފުންތަކެއް 73 މިލިއަން ރުފިޔާ ނަގާފައިވާކަން ފުލުހުން ކުރި ތަހުގީގަކުން ހާމަވެއްޖެއެވެ.
ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިދާރާއިން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ޖަލުތަކަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަނުގެ 18 މުއައްޒަފަކު ހަރަކާތްތެރިވެފައިވާކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވީ، މިހާތަނަށް ތަހުގީގުކުރި ކުރުމުން އެކަން ހިންގާފައިވަނީ ކަރެކްޝަނުގައި މަސައްކަތްކުރާ ޖޫނިއާ މުއައްޒަފުންކަމަށެވެ.
އެ 18 މުއައްޒަފުންގެ ތެރެއިން މިހާތަނަށް 6 މީހަކު ވަޒީފާއިން ވަކިވެފައިވީނަމަވެސް، އެ މީހުންގެ މައްސަލަތައް ބަލާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު ހޯމް މިނިސްޓަރުކަމާ ހަވާލުވިއިރު، ޖަލުތައް ބެލެހެއްޓުމުގެ ކަންކަން ހުރީ އެންމެ ރަނގަޅަށް ނޫންކަމަށާއި، ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅުކުރަމުން އަންނަ ކަމަށެވެ. މިގޮތުން ޖަލަށް ތަކެތި ވެއްދުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ޖަލަށް ވަންނަ ދޮރުތަކުގައި މެޓަލް ޑިޓެކްޓަރ ހަރުކޮށްފައިވާއިރު، ކައިރި މުސްތަގްބަލެއްގައި ހަށިގަނޑު ބަލާފާސްކުރާ މެޝިނެއް ބަހައްޓާނޭކަމަށް އިހުސާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
