މާލެ: 31°C
ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒް ސަސްޕެންޑްކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒް ސަސްޕެންޑްކޮށްފި

June 27, 2024
3 ފަހަރު ބަލާފައި
ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒް ސަސްޕެންޑްކޮށްފި
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު، ސަސްޕެންޑްކޮށްފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ މިކަން މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން މިނިސްޓަރު އާދަމް ރަމީޒް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ރަމީޒް ސަސްޕެންޑްކުރިއިރު، އޭނާއަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު އާ ވަރަށް އަރިސް ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. ރަމީޒް ސަސްޕެންޑްކުރިއިރު، ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ފާތިމަތު ޝަމްނާޒު އަލީ ސަލީމްވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ހައްޔަރުގައެވެ.

ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އާދަމް ރަމީޒުއާއި ޝަމްނާޒު ވަރިވީ މިހިނގާ ޖޫން މަހުކަމަށް މައުލޫމާތު ލިބެ އެވެ.

ޝަމްނާޒު ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައި ވެއެވެ. އަދި އެގެއިން ބައެއް ސާމާނު ފުލުހުންނަށް ފެނުނުކަމަށްވެސް ވަނީ އެނގިފަ އެވެ.

އާދަމް ރަމީޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ވަރަށް އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް ސަރުކާރުގެ މަސައްކަތްތަކުގެ ކުރީ ސަފުން އާދަމް ރަމީޒު ނުފެންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

އާދަމް ރަމީޒު މަސައްކަތްތަކުން އެކަހެރި ކުރިކަމަށް އަޑު ފެތުރުނު ނަމަވެސް ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ މިމައުލޫމާތު ދޮގުކޮށްފަ އެވެ.

ޝަމްނާޒު ސިހުރު ހެދިކަމަށް ވާހަކަ ދެކެވޭއިރު އޭނާ ސިހުރު ހެދީ ރައީސް މުއިއްޒު އާއި ގާތް ވާންކަމަށް ވަނީ އެނގިފަ އެވެ. އެހެންނަމަވެސް މީގެ މާ ބޮޑު ތަފްސީލެއް އަދި ނޭނގެ އެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ