މާލެ: 31°C
އެމްއެސްއެމްއީ އެވަރޑް ދިނުމަށް ބީސީސީން ތައްޔާރުވަނީ

އެމްއެސްއެމްއީ އެވަރޑް ދިނުމަށް ބީސީސީން ތައްޔާރުވަނީ

June 27, 2024
3 ފަހަރު ބަލާފައި
އެމްއެސްއެމްއީ އެވަރޑް ދިނުމަށް ބީސީސީން ތައްޔާރުވަނީ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ރާއްޖޭގައި ދެވޭ އެންމެ ފުރަތަމަ އެވަރޑް ދިނުމަށް ތައްޔާރުވަމުންދާކަން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. އެ ކޯޕަރޭޝަނުން މިކަން ހާމަކޮށްފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބަތުގައި އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު މުޙައްމަދު ނެރުއްވި ބަޔާނުގައެވެ. "އެމްއެސްއެމްއީ އެވަރޑް"ގެ ނަމުގައި ދޭ މި އެވަރޑަކީ ކުދި ވިޔަފާރިތަކުން، ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކާއި ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް ރާއްޖޭގައި ދެވޭ އެންމެ ފުރަތަމަ އެވަރޑެވެ. މި އެވަރޑަކީ އެކި ދާއިރާތަކުގައި ކުދި ވިޔަފާރިތަކުން ކުރަމުންދާ މުހިންމު މަސައްކަތް ފާހަގަ ކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތަކަށް ވާނެކަމަށް ބީސީސީގެ އެމްޑީ އިބްރާހިމް ޟިޔާއު ވަނީ ވިދާޅުވެފައެވެ. އަދި މިއީ އެ މަސައްކަތްތަކުގެ އަގުވަޒަންކުރެވި، އެ ވިޔަފާރިތަކަށް ކުރިއަށްދިއުމަށް އިތުރު ހިތްވަރެއް ދިނުމަށް ކުރެވޭ މުހިންމު ކަމަކަށް ވާނެ ކަންވެސް ޟިޔާއު ވަނީ ފާހަގަ ކުރައްވާފައެވެ. ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، ވިޔަފާރި ރަޖިސްޓަރީ ކުރުން ލާޒިމްނުވާ ފަށައިގަންނަ ވިޔަފާރިތަކަކީ ދިވެހި އިޤްތިޞާދުގެ ބޮޑު ހިއްސާއެއް އަދާ ކުރާ ފަރާތްތަކަކަށް ވީ ހިނދު، މިފަދަ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށް ދިނުމަށް މަސައްކަތް ކުރަމުންދާކަން ބީސީސީގެ އެމްޑީ ޟިޔާއު ވަނީ ހާމަކުރައްވާފައެވެ. ރާއްޖޭގެ ކުދި ވިޔަފާރިތަކަށް، ޚާއްޞަކޮށް ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މާކެޓް އެކްސެސް ހޯދައި ދިނުމަށް ބީސީސީން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަންވެސް ޟިޔާއު ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ދިވެހި އުފެއްދުންތައް ވިއްކޭނެ ފުރުޞަތުތަކާއި ބައިނަލްއަޤްވާމީ އެކި ޙަރަކާތްތަކުގައި ދިވެހި އުފެއްދުންތައް ބައިވެރިކޮށް އިސްތިހާރު ކުރެވޭނެ ގޮތްތައް ބަލަމުން ދާކަން ވަނީ ފާހަގަ ކުރައްވާފައެވެ. ރާއްޖޭގެ އިޤްތިޞާދުގައި ފަންނުވެރިންގެ ދައުރު ފުޅާ ކުރުމަށް ބީސީސީން ކުރަމުންދާ މަސައްކަތްތަކާއި، އެއްވެސް ސިނާއަތެއް އިސްތިސްނާ ނުކޮށް، ހުރިހާ ފަރާތަކަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކުރުމަށް ބީސީސީން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެ ކަމުގެ ޔަޤީންކަންވެސް ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވަނީ ދެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ