މާލެ: 31°C
އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެ

އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެ

June 27, 2024
2 ފަހަރު ބަލާފައި
އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެ
ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައުން މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި މިއަދު ފާހަގަކޮށްފިއެވެ. އެއްމިލިއަން ވަނަ ފަތުރުވެރިޔާއަކީ ތައިލެންޑުގެ ރައްޔިތެއްކަމަށްވާ އުމުރުން 37 އަހަރުގެ ސުޓާޕާ އަމޯންވިވަތްއެވެ. އޭނާ ރާއްޖެ އައީ ފިރިމީހާ އަދި ދެ ކުދިންނާއެކު ޗުއްޓީއެއް ހޭދަކޮށްލާށެވެ. ސުޓާޕާ އެންމެ ފުރަތަމަ ރާއްޖެއަށް ޒިޔާރަތްކުރީ 2011 ވަނަ އަހަރެވެ. މިއަހަރު ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކޮށްފައިމިވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 15 ދުވަސް ކުރިންނެވެ. މިދިޔަ އަހަރު އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ ޖުލައިމަހުގެ 16 ވަނަ ދުވަހުއެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް ސިޔާމް ވޯލްޑް ރިސޯޓުގައި ފަސް ދުވަސް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދީފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަން ފަހަނައަޅާ ގޮސްފައިވާއިރު، މިހާރު ކޮންމެ ދުވަހަކު ރާއްޖެއަށް ޖުމްލަ ގޮތެއްގައި ތިން ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ނިމޭއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަން ފަހަނަ އަޅައި ދިއުމެވެ. ހިނގަމުން މިދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ދަށް ދުވަސްވަރު ނަމަވެސް، ކުރިން ފަތުރުވެރިން އައުން މަދު ޔޫރަޕްގެ ބައެއް ޤައުމުތަކުން މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ