މާލެ: 31°C
މާލޭގެ މަގަކަށް "ފަލަސްތީން ހިނގުން" ކިޔަން ނިންމައިފި

މާލޭގެ މަގަކަށް "ފަލަސްތީން ހިނގުން" ކިޔަން ނިންމައިފި

June 27, 2024
3 ފަހަރު ބަލާފައި
މާލޭގެ މަގަކަށް "ފަލަސްތީން ހިނގުން" ކިޔަން ނިންމައިފި

މާލޭގެ މަގަކަށް "ފަލަސްތީން ހިނގުން" ކިޔަން މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން އެ ނަން ދޭން ނިންމީ މާފަންނު މަދުރަސާގެ ފުރަގަހުން އޮތް ގޯޅިއަށެވެ. އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް އޮތް ތާއީދު ހާމަކޮށް ދިނުމަށްޓަކައި މާލޭގެ ކޮންމެވެސް މަގަކަށް ފަލަސްތީނުގެ ނަމާ ގުޅުވައިގެން ނަން ދިނުމަށް މިދިޔަ މަސް ތެރޭގައި ހުށަހެޅުއްވީ މާލޭގެ މޭޔަރު އާދަމް އާޒިމް އެވެ. އެގޮތުން، މިއަދު ބޭއްްވި ކައުންސިލުގެ ބައްދަލުވުމުގައި ވަނީ މާފަންނު ކޮޅުގައި އަލަށް ހެދި ގޯޅިއަށް "ފަލަސްތީނު ހިންގުން" ކިޔަން ފާސްކޮށްފައެވެ. މި ހުށަހެޅުން ފާސްވީ ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ. އާޒިމް ވިދާޅުވީ ރާއްޖޭގެ ވެރިރަށުގެ މަގަކަށް ފަލަސްތީނުގެ ނަމުން ނަން ދޭން ނިންމީ އިޒްރޭލުގެ އަނިޔާވެރިކަމުގައި ފަލަސްތީނު ރައްޔިތުން ވަމުންދާ ގުރުބާނީގައި ބައިވެރިވުމާއި އެކަން ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. އަދި މިއީ ފަލަސްތީނު ރައްޔިތުންނަށް އުއްމީދެއް ދިނުމާއި އެކީ ދިވެހިން އެ ރައްތިޔުންނާ އެކީ އަބަދުވެސް ތިބޭނެކަން ހާމަކޮށް ދިނުމުގެ ގޮތުން ކުރަން ނިންމި ކަމެއް ކަމަށެވެ. އާޒިމް ވިދާޅުވީ "ފަލަސްތީނު ހިނގުން" ކީ މަގު ރަނގަޅަށްް ޒީނަތްތެރިކޮށް ޑިޒައިންކޮށް ފަލަސްތީނުގެ މި ސްޓްރަގަލް ރަމުޒުކުރެވޭ ކަހަލަ ގޮތަކަށް އެ މަގު އޮންނަން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ