މާލެ: 31°C
މަސްވެރިންނަށް ނުދެވި ހުރި ރުފިޔާ މިއަދު ދޭން މަސައްކަތްކުރަނީ

މަސްވެރިންނަށް ނުދެވި ހުރި ރުފިޔާ މިއަދު ދޭން މަސައްކަތްކުރަނީ

June 27, 2024
2 ފަހަރު ބަލާފައި
މަސްވެރިންނަށް ނުދެވި ހުރި ރުފިޔާ މިއަދު ދޭން މަސައްކަތްކުރަނީ
މަސްވެރިންނަށް ނުދެވި ހުރި ރުފިޔާ މިއަދު ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ. މިފްކޯއިން ބުނެފައިވަނީ އޮޑިވެރިންގެ އަތުން ގަނެފައިވާ ކަޅުބިލަމަހަށް ނުދައްކާވާ ފައިސާ މިއަދު ދެއްކުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަން އަދި ކަށަވަރުނުކުރެވޭ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ. މަސްވެރިންނަށް މިހާރު ނުދެވި ހުރީ އެއް މަހާއި 14 ދުވަހުގެ ފައިސާކަމަށާއި އެއީ 52.6 މިލިއަން ރުފިޔާ ކަމަށް މިފްކޯއިން ބުނެއެވެ. މަސްވެރިންނަށް ފައިސާ ދިނުން ލަސްވާ ކަމަށް ބުނެ، އައްޑޫ ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ. އައްޑޫގެ މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖުގައި މަސްވެރިންގެ އެންމެ ބޮޑު ޑިމާންޑަކީ ފާއިތުވި ދެ މަހާއި 17 ދުވަހުގެ ތެރޭގައި ކިރުވި މަހަށް ލިބެން ޖެހޭ ފައިސާ ވީހާ ވެސް އަވަހަކަށް ދިނުމާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް އެންމެ ލަސްވެގެން 15 ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމެވެ. މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ނުލިބިގެން ކަމަށް ބުނެ ބަޔަކު އިހްތިޖާޖުކުރަމުންދާއިރު މިދިޔަ އަހަރު ނިމުނުއިރު މަސްވެރިންނަށް ނުދައްކާ އޮތް 234 މިލިއަން ރުފިޔާ ޚަލާސްކޮށް، މިއަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ