މާލެ: 31°C
އިތުރު 45 މީހަކަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ހަވާލުކޮށްފި

އިތުރު 45 މީހަކަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ހަވާލުކޮށްފި

June 27, 2024
2 ފަހަރު ބަލާފައި
އިތުރު 45 މީހަކަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ހަވާލުކޮށްފި
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން އިތުރު 45 ގޯތި އޭގެ ހައްގުވެރިންނާ ހަވާލުކޮށްފިއެވެ. މި ގޯތިތައް ދީކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ 16 ވަނަ ޓަވަރާއި ދިމާލުން ހުޅަނގަށް އޮތް ހުސް ސަރަހައްދުންނެވެ. މި ސަރަހައްދުން ގޯތި ދޫކުރުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ 16:30 އިން ފެށިގެންނެވެ. އެގޮތުން، ހައުސިންގ މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،380 ގޯތި ދޫކުރުމަށް ސޮއިކޮށްފައިވާއިރު، މިހާތަނަށް 538 ގޯއްޗެއް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ގުޅީ ފަޅުން 11 ގޯއްޗާއި އެކު ޖުމްލަ 549 ގޯތި ހަވާލު ކުރެވިފައިވާ ކަމަށާއި، ޖެނުއަރީ މަހުގައި 74 ގޯއްޗެއް ދޫކުރެވިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ. https://twitter.com/MHLUDmv/status/1806017507834433744 އެގޮތުން، ޖޫން މަހުގައި ދޫ ކުރުމަށް ކަނޑައަޅައިފައިވަނީ 45 ގޯތި ކަމުން، އެ ގޯތިތައް އޭގެ ހައްގުވެރިންނަށް މިހާރު ހަވާލު ކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ޖުމްލަ 23،088 މީހުން ހުށަހެޅިއިރު، އޭގެ ތެރެއިން 19،858 މީހަކު ވަނީ ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވާކަމަށް ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން ބުނެފައެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކޮށްފައި ވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. އެތަންތަނުން 9،000 ގޯތި ދޭނެއެެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ