މާލެ: 31°C
ހަތީބުން ތަމްރީނުކުރާ 2 ވަނަ ބެޗަށް ހުޅުވާލައިފި

ހަތީބުން ތަމްރީނުކުރާ 2 ވަނަ ބެޗަށް ހުޅުވާލައިފި

June 27, 2024
2 ފަހަރު ބަލާފައި
ހަތީބުން ތަމްރީނުކުރާ 2 ވަނަ ބެޗަށް ހުޅުވާލައިފި
އިމާމުވެ ހުކުރު ކުރާނެ ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ފެށި ޕްރޮގްރާމްގެ ދެވަނަ ބެޗް ތިން ސަރަހައްދެއްގައި ބާއްވަން ނިންމައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފަހަރު ޕްރޮގްރާމް ބާއްވަނަ ހަމަޖެހިފައިވަނީ މާލެ އާއި އައްޑޫގެ އިތުރުން މ. އަތޮޅުގައެވެ. އެގޮތުން، މީގެ ދެވަނަ ބެޗްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. https://twitter.com/MVIaffairs/status/1805933445618835716 ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް ހާއްސަކޮށްގެން އިސްލާމިކް މިނިސްޓްރީން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި 100 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނުވެފައިވެއެވެ. އެގޮތުން ތަމްރީނުވި ޒުވާނުން މިހާރު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާމުވެ ހުކުރު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ