މާލެ: 31°C
ސަރުކާރުން އަންގަނީ ޓެކްސް ތަކާއި ފީތައް ބޮޑުކުރުން ނޫންގޮތެއް ނެތްކަމަށް

ސަރުކާރުން އަންގަނީ ޓެކްސް ތަކާއި ފީތައް ބޮޑުކުރުން ނޫންގޮތެއް ނެތްކަމަށް

June 27, 2024
2 ފަހަރު ބަލާފައި
ސަރުކާރުން އަންގަނީ ޓެކްސް ތަކާއި ފީތައް ބޮޑުކުރުން ނޫންގޮތެއް ނެތްކަމަށް
ކުރިއަށްއޮތް އަހަރުތަކުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން މިހާރު ނަގަމުން އަންނަ ޓެކްސްތަކާއި ފީތައް ބޮޑުކުރުމަށް ނިންމައި އެކަން ސަރުކާރުގެ މެދު ރާސްތާ ރެވެނިއު ސްޓްރެޓެޖީގައި އެކަށައަޅައިފިއެވެ. ފިނޭންސްއިން ނެރެފައިވާ ދައުލަތުގެ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓަޖީ 2024 ގައި ބުނެފައިވަނީ، މިހާރު ނަގަމުންދާ ޓެކްސްތަކުގެ ތެރެއިން ޑައިރެކްޓް ޓެކްސް އާއި އިންޑައިރެކްޓް ޓެކްސްތައްތަކާއި އެކިއެކި ފީތަކަށް ބަދަލުގެނަން ޖެހޭކަމަށް ފާހަގަކޮށްފައެވެ. މިގޮތުން ޖީއެސްޓީ، ގްރީންޓެކްސް އަދި އިމްޕޯޓް ޑިއުޓީން މިހާރު ދައުލަތަށް ނަގަމުން އަންނަ ޓެކްސް އާއި ފީގެ ރޭޓް ބޮޑުކުރުމަށް ވަނީ ކަނޑައަޅާފައެވެ. ފިނޭންސްއިން މިފަދަ ސިޔާސަތުތަކެއް އެކުލަވާލާފައިމިވަނީ ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތެއް އެކުލަވާލުމަށް މިދިޔަ އާދިއްތަދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެންނެވެ. ކެބިނެޓުން ވަނީ މި ސިޔާސަތުތައް އެކުލަވާލުމަށްޓަކައި އެޖެންޑާއެއްވެސް އެކުލަވާލައި ފާސްކޮށްފައެވެ. ފިނޭންސްއިން ނެރެފައިވާ ސްޓްރެޓަޖީ ގައިވާގޮތުން މިއަހަރުގެ ތެރޭގައި މީގެ ތެރެއިން ބައެއް ކަންކަން ތަންފީޒުކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އެއާޕޯޓްގެ ހިދުމަތްތަކުން ނަގަމުން އަންނަ ޓެކްސް އާއި ފީތައް ބޮޑުކުރުމާއި، މިހާރު ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީ މުރާޖައާކޮށް، ބައެއް މުދަލުގެ އިމްޕޯޓް ޑިއުޓީ ނެގުން ހިމެނެއެވެ. އަންނަ އަހަރުގެ ތެރޭގައި ޖީއެސްޓީ، ގްރީންޓެކްސް، އިމްޕޯޓް ޑިއުޓީ އާއި ޓޫރިޒަމް ބިމުކުލި ބޮޑުކުރަން ނިންމާފައިވާއިރު، ޓެލެކޮމްގެ ހިދުމަތްތަކުން ނަގަމުން އނަްނަ ފީތައްވެސް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުންވެސް މި ސަރުކާރުގެ ފަހު ތިން ދައުރުގައި ކޯޕަރޭޓް ޓެކްސް އާއި އިންކަމް ޓެކްސްވެސް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ