މާލެ: 31°C
އެމްއޭސީއެލުން، ހުރަވީ ސްކޫލުގެ ހުނަރު ވެއްސަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި

އެމްއޭސީއެލުން، ހުރަވީ ސްކޫލުގެ ހުނަރު ވެއްސަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި

June 27, 2024
2 ފަހަރު ބަލާފައި
އެމްއޭސީއެލުން، ހުރަވީ ސްކޫލުގެ ހުނަރު ވެއްސަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި

ހުރަވީ ސްކޫލުގައި ގާއިމުކޮށްފައިވާ ވޮކޭޝަނަލް ހަބް، ހުނަރުވެއްސަށް ބޭނުންވާ ބައެއްތަކެތި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހަދިޔާކޮށްފިއެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި، މި ތަކެތީގެ ތެރޭގައި ހިމެނެނީ ހުނަރުވެހީގައި ކުރިޔަށް ގެންދާ ތަމްރީނުތަކުގައި ބޭނުންކުރާ ތަކެއްޗެވެ.

ހުނަރު ވެހީގައި މިހާތަނަށް ތަފާތު އެކި ދާއިރާތަކުން ދަރިވަރުން ދަނީ ގައުމީފެންވަރުގެ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތައް ފުރިހަމަ ކުރަމުންނެވެ.

މިގޮތުން، މިވަގުތު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 18 ދަރިވަރަކު ދަނީ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް ކޯސް އަދި 15 ދަރިވަރަކު ދަނީ ފަހަން ދަސްކުރުމުގެ ސެޓްފިކެޓް ލެވެލެ 3ގެ ކޯސް ފުރިހަމަ ކުރަމުން ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. 

އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ހުރަވީ ސްކޫލްގައި މިދިޔައަހަރު ހުޅުވި ހުނަރުވެއްސަކީ ރާއްޖޭގެ ތައުލީމީ ނިޒާމްގެ ތެރެއިން އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުނގަންނައި ދިނުމަށް މަގުފަހިކުރުމުގެ ގޮތުން ހުޅުވި ތަނެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ