މާލެ: 31°C
ސްޓެލްކޯގެ މުއައްޒަފުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި

ސްޓެލްކޯގެ މުއައްޒަފުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި

June 26, 2024
2 ފަހަރު ބަލާފައި
ސްޓެލްކޯގެ މުއައްޒަފުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި

ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުން މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

މި ހަރަކާތަކީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބުން ފަހިކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނީ، ލޭހަދިޔާކުރުމަކީ ކުންފުނީގެ މެނޭޖްމަންޓުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށާއި، މިފަހަރު ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމުގެ ހަރަކާތަށް  މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑުތަރުޙީބެއް ލިބިގެންގޮސްފައިވާ ކަމަށެވެ. މި ގޮތުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތުގައި 100 އާ، ގާތްކުރާ އަދަދަކަށް މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ވަނީ، ކޮންމެ އަހަރަކުވެސް ލޭ ހަދިޔާކުރުމުގެ ހަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ