މާލެ: 31°C
އެމްޑީޕީއަށް 19: ޒުވާންކަމުގެ ޖޯޝާއެކު ކުރިއަށްދާ ވަގުތު ޖެހިއްޖެ: ޝާހިދު

އެމްޑީޕީއަށް 19: ޒުވާންކަމުގެ ޖޯޝާއެކު ކުރިއަށްދާ ވަގުތު ޖެހިއްޖެ: ޝާހިދު

June 26, 2024
2 ފަހަރު ބަލާފައި
އެމްޑީޕީއަށް 19: ޒުވާންކަމުގެ ޖޯޝާއެކު ކުރިއަށްދާ ވަގުތު ޖެހިއްޖެ: ޝާހިދު
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް މިއަދު އޮނަވިހި ވެއްޖެ ކަމަށާ ޒުވާންކަމުގެ ޖޯޝާއެކު ހަރުދަނާ ޒިންމާދާރު ހިތްވަރުގެ ޖޯޝަށް މިސްރާބު ސީދާ ކުރަންވީ ވަގުތު ޖެހިއްޖެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މިއީ ކޮންމެ ގޮތެއް ވަރިހަމަ ނުވެވޭނެކަމުގެ އުމުރު ކަމަށެވެ. އަދި ވާނެ އެއްޗެއްވާން ދޫކޮށް ނުލެވޭނެކަމުގެ ފިޔަވަޅު ކަމަށެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ އުންމީދު ކަމަށެވެ. ފާރަވެރި، ވާދަވެރި، ސިޔާސީ ނިޒާމެއްގެ އަލި ދަންމަރު ކަމަށެވެ. އަދި ވިދާޅުވީ އެ ޕާޓީއަކީ ދިވެހިރާއްޖޭގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ވެށީގެ ރައްކާތެރި މީޒާން ކަމަށާ ޢާންމު ރައްޔިތުންގެ ހަމައިގައި ހަމަ ހަމަ ފުރުޞަތު އޮންނަ ނޫ އިޤްތިޞާދަކާއި، ޖީލުތައް ރައްކާތެރިވާނެ ތިމާވެށި ޙިމާޔަތް ދިރިއުޅުމެއް ދިވެހިންނަށް ހޯދައިދިނުމީ އުފާވެރި ދިވެހިރާއްޖެއެއްގެ އަސާސު ކަމަށެވެ. މާތްވެގެންވާ އިސްލާމްދީނުގެ ތަރުބިއްޔަތާއި، ޒަމާނީ ޑިމޮކްރެޓިކް މުޖުތަމަޢެއްގެ ސިފަތައް ދައުލަތުގެ އެންމެހައި ބަހާތަކުން ފެންނަކަން ކަށަވަރު ކުރުމަކީ އެމްޑީޕީ އަމާޒު ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދޮގާއި މަކަރާއި އޮޅުވާލުމުގައި ދިވެހިން މަކުޑިއަޅުވާ، ބަންދުކޮށް، ހުއްޓުވިދާނެކަމަށް އެއްވެސް ބަޔަކު ޤަބޫލު ކުރާނަމަ އެކުރެވެނީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށެވެ. ޝާހިދުގެ ޕޯސްޓުގައި ވިދާޅުވީ ދިވެހިންނަކަށް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެ ކަމަށެވެ. ހަމައެއާއެކު އެމްޑީޕީ އަކަށް ވެސް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެ ކަމަށެވެ. ޝާހިދުގެ ޕޯސްޓު ނިންމަވާލައްވާފައި ވަނީ ދުވަހުގެ ތަހުނިޔާ ޕާޓީގެ އެންމެހާ މެންބަރުންނާ އެ ޕާޓީއަށް ސަޕޯޓުކުރާ ރައްޔިތުންނަށް އަރިސްކުރައްވަމުންނެވެ. އެމްޑީޕީ އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެގޮތުގައި އެމްޑީޕީ ރަޖިސްޓްރީކުރެވުނީ 23 ޖޫން 2005 ގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ