މާލެ: 31°C
މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުމާ ގުޅޭ ގަރާރެއް މަޖިލީހަށް

މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުމާ ގުޅޭ ގަރާރެއް މަޖިލީހަށް

June 26, 2024
2 ފަހަރު ބަލާފައި
މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުމާ ގުޅޭ ގަރާރެއް މަޖިލީހަށް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންޓްރޯލްކުރުމަށް ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވަނީ މިހާރު ގާނޫނުގައި އުސޫލު އޮތް ގޮތުން ކުރިއަށް އަންނަން އޮތް އަހަރުތަކުގައި ދުނިޔޭގެ ނިސްބަތުން ވެސް ރާއްޖޭގެ އާބާދީއާ ބަލައި މެންބަރުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ. ގަރާރުގައި ވަނީ މިކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ދެކޭތީ, ވަގުތާ ހާލަތާ ގުޅޭ ގޮތަށް މިކަމާމެދު ބަހުސްކޮށް 20 ވަނަ މަޖިލީހުގެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ހޯއްދެއްވުމަށް ހުށަހަޅައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގައި 85 މެންބަރުން ތިއްބެވި އިރު 19 ވަނަ މަޖިލީހުގައި ތިއްބެވީ 87 މެންބަރުންނެވެ. މި އަހަރު ފެށި 20 ވަނަ މަޖިލީހުގައި މެންބަރުންގެ އެ އަދަދު ވަނީ 93 އަކަށް އިތުރުވެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ