
އެމްޑީޕީއަށް 19 އަހަރު: އަންނަ މަހު އެމްޑީޕީ އެނބުރި އަންނާނީ ވަރުގަދަކޮށް: އިބޫ
އެމްޑީޕީއަށް 19 އަހަރު: އަންނަ މަހު އެމްޑީޕީ އެނބުރި އަންނާނީ ވަރުގަދަކޮށް: އިބޫ
ލިޔުން:
އިދިކޮޅު އެމްޑީޕީގެ އަމަލީ މަސައްކަތްތައް އަންނަ މަހު ފެންނާނެކަމަށް އެމްޑީޕީގެ އެޑްވައިޒަރ, ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އުފެދުނުތާ 19 އަހަރު ފުރުން ފާހަގަކޮށް ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޞާލިޙް ވިދާޅުވީ އެމްޑީޕީ މިއަދު ވެސް މަސައްކަތް ކުރަނީ ގަދަކޮށް ކަމަށާއި އެމްޑީޕީ އޮފީހުގައި ގިނަ މަސައްކަތްތަކެއް ކޮމިޓީތައް ހަދައިގެން ކުރެމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ އަންނަ ޖުލައި މަސް ފެށުމާއެކު ޕާޓީގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށާއި އެމްޑީޕީއަކީ ރާއްޖޭގައި އޮތް ޕާޓީ ނިޒާމު ދަމަހައްޓާ، ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް އަދިވެސް ކޮށްދޭނެ ޕާޓީ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ އަމަލީ މަސައްކަތް ޖުލައިމަހުގެ ތެރޭގައި ފަށައި މީޑިއާތަކަށް ވެސް މިއަށްވުރެ ގިނައިން ބައްދަލުކޮށް މަޢުލޫމަާތު ދޭނެ. އުންމީދު ދޫކޮށް ނުލައްވައްޗޭ" ޞާލިޙް ވިދާޅުވިއެވެ.
ޞާލިޙް ވިދާޅުވީ ޕާޓީގެ ރިޔާސަތާއި ލީޑަރޝިޕް ބަދަލުވި ނަމަވެސް ސިޔާސަތުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކެނީ އިންތިހާބުތަކާއި ގުޅިގެން ޕާޓީ ހީނަރުވެގެން ދިޔަ މިންވަރު އަންދާޒާ ކޮށްލުން ކަމަށް ޞާލިޙް ވިދާޅުވިއެވެ.
ރާއްޖެއަށް މަލްޓި ޕާޓީ ނިޒާމު ތައާރަފުވެ ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއަކީ އެމްޑީޕީއެވެ. އެ ޕާޓީން ވަނީ ރާއްޖޭގެ ވެރިކަން ދެފަހަރު ކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
