
ރާއްޖެއާއި ޗައިނާއާ ދެމެދު ކަރަންސީ ސެޓަލްމެންޓް ނިޒާމެއް ގާއިމް ކުރުމަށް މަޝްވަރާކޮށްފި
ރާއްޖެއާއި ޗައިނާއާ ދެމެދު ކަރަންސީ ސެޓަލްމެންޓް ނިޒާމެއް ގާއިމް ކުރުމަށް މަޝްވަރާކޮށްފި
ލިޔުން:
ރާއްޖެއާއި ޗައިނާއާ ދެމެދު ކަރަންސީ ސެޓަލްމެންޓް ނިޒާމެއް ގާއިމް ކުރުމަށް މަޝްވަރާ ކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްވަރާކުރިއަށް ގޮސްފައިވަނީ 15 ވަނަ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި ބައިވެރިވެވަޑައިގަތުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޗައިނާއަށް ކުރައްވަމުންދެންދަވާ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ޑާލިއަން ޕްރޮވިންސްގެ ޑާލިއަން ކޮންގްރެސް ހޯލުގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
އަދި މިނިސްޓަރ ސައީދު، ޗައިނާގެ މިނިސްޓާ އޮފް ކޮމާސް ލޮން ވެންޓައޮ އާއި ބައްދަލުކުރައްވާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސް، ޝީ ޖިންޕިންއާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން، ވިޔަފާރިއާއި އިގްތިސޯދާއި ގުޅުންހުރި މަޝްވަރާތަކުގައި ހުށަހެޅިފައިވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން، މި ބައްދަލުވުމުގައި ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރަން ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ވީ އެންމެ އަވަހަކަށް ފުރިހަމަ ކުރުމަށާއި ރާއްޖެއާއި ޗައިނާއާ ދެމެދު ފަސޭހައިން ވިޔަފާރި ކުރެވޭނެ ގޮތަށް، ކަރަންސީ ސެޓަލްމެންޓް ނިޒާމެއް ގާއިމް ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.
ވިޔަފާރީގެ ދާއިރާއަށް ލުއިފަސޭހަތަށް ގެނައުމަށްޓަކައި، ރާއްޖެއާއެކު ވިޔަފާރީގެ މުއާމަލާތްތައް ގިނަ އަދަދަކަށް ހިންގާ ބޮޑެތި މާކެޓްތަކާއެކު މިފަދަ ކަރަންސީ ސެޓަލްމެންޓް އެރޭންޖެމެންޓްތައް ހެދުމަކީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އިސްކަން ދެއްވާ ކަމެއްކަން އިކޮނޮމިކް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
