މާލެ: 31°C
ހުރިހާ ހައްޖާޖީން ވެސް ތިބީ ވެކްސިން ފުރިހަމަކޮށްގެން: ހައްޖު ކޯޕަރޭޝަން

ހުރިހާ ހައްޖާޖީން ވެސް ތިބީ ވެކްސިން ފުރިހަމަކޮށްގެން: ހައްޖު ކޯޕަރޭޝަން

June 26, 2024
3 ފަހަރު ބަލާފައި
ހުރިހާ ހައްޖާޖީން ވެސް ތިބީ ވެކްސިން ފުރިހަމަކޮށްގެން: ހައްޖު ކޯޕަރޭޝަން
މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖާޖިން ވެސް ތިބީ ސައުދީގެ ހައްޖު މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް ވެކްސިން ފުރިހަމަކޮށްގެން ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. ހައްޖު ކޯޕަރޭޝަނުން މިހެން ބުނެފައިވަނީ ރާއްޖެއިން މި އަަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން މިދިޔަ ހޯމަ ދުވަހު އެނބުރި އައި ފުރަތަމަ ގްރޫޕްގައި ހިމެނުނު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް ބަކާ) ހައްޖުން އައި ދުވަހުގެ ރޭ ކުއްލިއަކަށް ބަލިވެ، އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ނިޔާވުމާ ގުޅިގެންނެވެ. އެގޮތުން އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ހުރިހާ ހައްޖާޖީން ވެސް ފުރީ ޓްރެވެކް ވެކްސިންތައް ކަމަށްވާ ޕޯލިއޯ އާއި މެނިންޖެޓައިސްގެ އިތުރުން އިންފުލުއެންޒާގެ ޑޯޒް ފުރިހަމަކޮކުރި ކަމަށެވެ. އަދި ހައްޖާޖީންގެ ސަލާމަތާއި ރައްކާތެރިކަމަކީ ކޯޕަރޭޝަންގެ މެނޭޖްމަންޓުން އަބަދު ވެސް އެންމެ ހާއްސަ ސަމާލު ކަމެއް ދޭ ކަންތައް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ބަކާ، 38، ނިޔާވީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންޖައިޓިސް ޖެހިގެންނެވެ. ބަކާ ސައުދީ އަށް ދިޔައީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ކޮންމެ އަހަރަކު ވެސް ސައުދީ އެމްބަސީގެ ފަރާތުން ވަކި އަދަދަކަށް މީހުން ހައްޖަށް ފޮނުވާ އިރު، މިފަހަރު އެމީހުންގެ ތެރޭގައި ބަކާ ވެސް ހިމެނުނެވެ. މެނިންޖައިޓިސް އަކީ ސިކުނޑީގެ ބޭރުގައިވާ ފަށަލަތައްދުޅަވާ ނުރައްކާތެރި ބައްޔެކެވެ. މި ބައްޔަކީ ވައިރަސް އަކުން ނުވަތަ ބެކްޓީރިއާއަކުން ނުަވަތަ ޕެރެސައިޓް އަކުން ޖެހޭ ބައްޔެކެވެ. ރާއްޖެއިން މިއަހަރު 1،150 މީހުން ހައްޖަށް ދިޔައެވެ. އޭގެ ތެރެއިން ހައްޖާޖީންގެ ފުރަތަމަ ގްރޫޕް މިހާރު އައިސްފައިވާއިރު، ދެވަނަ ގްރޫޕް އަންނަން ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެވެ. އަދި ތިންވަނަ ގްރޫޕް އަންނަ މަހުގެ 1 ގައި އަދި ހަތަރު ވަނަ ގްރޫޕް އަންނަ މަހުގެ 4 ގައި އަންނަން ވަނީ ހަމަޖެހިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ