
ބަކާގެ ޖަނާޒާ ބާއްވައިފި
ބަކާގެ ޖަނާޒާ ބާއްވައިފި
ލިޔުން:
އިއްޔެ ނިޔާވި ރާއްޖޭގެ ޤައުމީޓީމުގެ ކުރީގެ ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ޖަނާޒާ މިއަދުގެ ފަތިސް ނަމާދަށް ފަހު ބާއްވައިފިއެވެ.
ބަކާގެ މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި ބޭއްވުމަށްފަހު، ރޭގެ ފަތިސް ނަމާދަށް ފަހު ކަށު ނަމާދު ކުރުން ވެސް އޮތީ އިސްލާމީ މަރުކަޒުގައެވެ. ބަކާ ވަޅުލާފައި ވަނީ ގަލޮޅު ސަހަރާގައެވެ.
ބަކާ ނިޔާވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މީގެ ދެ ދުވަހެއް ވަރު ކުރިން މާލެ އައި ތަނުން ކުއްލުއަކަށް ހާލު ސީރިއަސްވެ އޭޑިކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
އައްޑޫ ހިތަދޫ ނީލްގޭ، ބަކާ، 38، ހައްޖަށް ދިޔައީ ސައުދީ ރަސްގެފާނުގެ ދެއްވި ދައުވަތުފުޅުގެ ތެރެއިން ލިބުނު ފުރުސަތެއްގައެވެ. ކޮންމެ އަހަރަކު ވެސް ސައުދީ އެމްބަސީގެ ފަރާތުން ވަކި އަދަދަކަށް މީހުން ހައްޖަށް ފޮނުވާ އިރު، މިފަހަރު އެމީހުންގެ ތެރޭގައި ބަކާ ވެސް ހިމެނުނެވެ.
ބަކާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އަހުލާގު ރަނގަޅު އަދި ދަނޑުމަތީގައި ލީޑަރެކެވެ. ބަކާގެ ހިއްސާއާއެކު ރާއްޖޭގެ ޤައުމީޓީމް ވަނީ 2008 ވަނަ އަހަރު ސާފްޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. ބަކާ ވަނީ ވިކްޓްރީ، ވެލެންސިއާ، ނިއު ރޭޑިއަންޓް، އީގަލްސް، އައިލޭންށް އެފްސީ އަދި ވީބީ އައްޑޫ އެފްސީގެ އިތުރުން މާޒިޔާ އަށް ވެސް ކުފެފައެވެ.
އޭނާގެ މަރާ ގުޅިގެން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މިޑިއާގައި ހިތާމަފާޅު ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
