
ފުޓްބޯޅަ ތަރި ބަކާ ނިޔާވެއްޖެ
ފުޓްބޯޅަ ތަރި ބަކާ ނިޔާވެއްޖެ
ލިޔުން:
ރާއްޖޭގެ ޤައުމީޓީމުގެ ކުރީގެ ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ބަކާ ނިޔާވީ ހާލު ސީރިއަސްވެ، އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ކުއްލި ގޮތަކަށް ބަކާ އޭޑީކޭގައި އެޑްމިޓްކުރީ ނޭވާލާން އުނދަގޫވެގެންނެވެ. ފަހުން ޓެސްޓްތައް ހެދިއިރު، ލޭގައި އިންފެކްޝަން ހުރިކަމަށް ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ބަކާގެ އާއިލާއިން ވަނީ ބުނެފައެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ބަކާ މާލެ އައީ ދެދުވަސް ކުރިންނެވެ. ބަކާ ހައްޖަށް ދިޔައީ ސައުދީ ރަސްގެފާނު ދެއްވި ހާއްސަ ކޯޓާގެ ތެރެއިންނެވެ.
ބަކާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އަހުލާގު ރަނގަޅު އަދި ދަނޑުމަތީގައި ލީޑަރެކެވެ. ބަކާގެ ހިއްސާއާއެކު ރާއްޖޭގެ ޤައުމީޓީމް ވަނީ 2008 ވަނަ އަހަރު ސާފްޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
