މާލެ: 31°C
މާލެ ތޮއްޖެހުން ހައްލުކުރުމަށް ކެބިނެޓުން ނިންމައިފި

މާލެ ތޮއްޖެހުން ހައްލުކުރުމަށް ކެބިނެޓުން ނިންމައިފި

June 25, 2024
2 ފަހަރު ބަލާފައި
މާލެ ތޮއްޖެހުން ހައްލުކުރުމަށް ކެބިނެޓުން ނިންމައިފި
ގްރޭޓާ މާލެ ސަރަހައްދުގައި، މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ޕްރޮގްރާމެއް ފަށަން ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި އެވެ. "މާލެ ފަހި ޕްރޮގްރާމް" ގެ ނަމުގައި ޕްރޮގްރާމެއް ހިންގަން ވަޒީރުންގެ މަޖިލީހަށް ހުށަހެޅީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ. ރައީސް އޮފީހުން ބުނީ، އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި ޓްރާންސްޕޯޓުން ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރުމަށްފަހު ކެބިނެޓްގެ ލަފާއާ އެއްގޮތަށް އެ ޕްރޮގްރާމް ތަންފީޒުކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. ރައީސް ވަނީ "މާލެ ފަހި ޕްރޮގްރާމް" އާއި ގުޅޭގޮތުން ކަމާ ބެހޭ އިދާރާތަކުގެ މެދުގައި ޓައިމްލައިންތައް ހިމެނޭގޮތަށް އެކްޝަން ޕްލޭންއެއް އެކުލަވާލައިގެން އެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. މާލޭގައި ވެހިކަލްތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދަން ހުރިހާ ސަރުކާރަކުންވެސް މަސައްކަތްތަކެއް ކުރެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ